ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މިވަގުތު ހުންނެވީ އަމިއްލަ ގޭގައި ހޯމް އައިސޮލޭޝަންގައި ކަމަށެވެ. އަދި މޭޖާ ޖެނެރަލް ޝަމާލް ކޮވިޑަށް ޕޮޒިޓިވްވީ އެ ބަލީގެ އަލާމާތްތަކެއް ހުރެގެން އިއްޔެ ޓެސްޓްކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޗީފް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީން ކުރަން ޖެހޭ ފަރާތްތައް ވަނީ ކަރަންޓީންކޮށްފައި،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާތަނަށް ބެލިއިރު ގިނަ މީހުން އެއްވެ އުޅޭ އެއްވެސް ބައްދަލުވުމަކަށް ޝަމާލް ވަޑައިނުގަންނަވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ވެސް ވަޑައިނުގަންނަވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
މަސައްކަތުގައި 20 އަހަރު، ބޭނުންވަނީ ކުރިއެރުން