މޫނުގައި ބޭނުންނުވާ އިސްތަށި ފެޅުމަކީ އަންހެނުންނަށް ދިމާވާ އާއްމު ކަމެކެވެ. ހައްލެއް ނުހޯދާ ގިނަ ދުވަސް ވާނަމަ ލަދުވެތި ވެސް ކަމެކެވެ. އެހެން ނަމަވެސް މިކަމަށް ބޭނުން ކުރާ އުކުޅު ތަކަކީ ވަރަށް ވޭންއަޅާ އެހާމެ އުނދަގޫ ގޮތްތަކެކެވެ.
އެކި އެކި ސަބަބުތަކާއި ހުރެ ހޯމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އަންހެނުންގެ މޫނުމަތީގައި ފަޅާ ބޭކާރު އިސްތަށި ނައްތާލުމަށް ރީނދޫ ބޭނުންކޮށްގެން ކުރެވިދާނެ ފަރުވާ ހުރެ އެވެ.
ބޭނުންވާ ތަކެތި
- 2/1 ޖޯޑް ކިރު
- 2 މޭޒުމަތީ ސަމުސާ ރީނދޫ
- 2/1 ޖޯޑު ފުށް
- 1 މޭޒުމަތީ ސަމުސާ މޫދު ލޮނު
ތައްޔާރު ކުރާނެ ގޮތް
މި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށްފަހު ޕޭސްޓް ހަދާލާށެވެ. އެއަށްފަހު ބޭކާރު އިސްތަށި ފެޅުން ހުއްޓުވަން ބޭނުންވާ ހިސާބުގައި އުނގުޅާލާށެވެ. އަދި މާސްކް ހިކެން 10-15 މިނެޓް މަޑުކޮށްލާށެވެ. ހިކުމުން ތާފަނާ ފެންފޮދެއް ބޭނުންކޮށްލައިގެން މަޑު ތުވާލި ކޮޅަކުން ފުހެލާށެވެ.
ރީނދޫލަކީ މޫނުގައި އުފެދޭ ކުދި ރޫތައް ފިލުވާލާ މޫނުގެ ހަންގަނޑު އޮނމާންކޮށްދިނުމަށް އެހީވެދިނުމުގެ އިތުރުން މޫނުގައި ހުންނަ ގުދުރަތީ އޮފުކަން ދެމެހެއްޓުމަށް އެހީވެދޭ ބާވަތެކެވެ.
ރީނދޫގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން ޔޫވީ ހަލާކުވުމުން ދުރުކޮށްދީ ހަންގަނޑު ހިރުވުމާއި އިރުގެ އަވިން ހަންގަނޑަށް ލިބޭ ގެއްލުމުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެއެވެ. ނާޒުކު ހަންގަނޑުގެ ސަބަބުން ހަންގަނޑު ކެހުމާއި ހިރުވާ މީހުންނަށް ރީނދޫއަކީ ހާއްސަ އެއްޗެކެވެ.
އިތުރު ލިޔުންތައްއާޓިފިޝަލް ބީޗު ލައިފްސްޓައިލް