ދާހިއްލުމަކީ އިންސާނާގެ ހަށިގަނޑުގައި ތަބީއީ ގޮތުން ލައްވާފައިވާ ކަމެކެވެ. އެހެން ނަމަވެސް ދާހިއްލުން މާ ގިނަވެ ހަށިގަނޑުގެ އެކި ގުނަވަންތަކުން ނުބައިވަސް ދުވުމަކީ އާއްމު ކަމަކަށް ނުވެދާނެ އެވެ. ހާއްސަކޮށް އަތްދަށުން ވަސް ދުވުމަކީ ލަދުވެތި ކަމެކެވެ.
އެންޓިޕާސްޕިރަންޓެއް ބޭނުން ކުރުން
އަތްދަށުން ނުބައިވަސް ދުވުމަށް މެދުވެރިވަނީ ދާހިއްލުމުގެ ސަބަބުން ކަމަށްވާތީ އެންޓިޕާސްޕިރަންޓް އެއް ބޭނުންކުރުމުން އަތް ދަށުން ދުވާ ނުބައިވަސް ކޮންޓްރޯލު ކުރެވޭނެ އެވެ. އެންޓިޕާސްޕިރަންޓް ބޭނުންކުރުމުން އަތްދަށުގައި ދާ އުފައްދައިދޭ ގްލޭންޑްތައް ވަގުތީ ގޮތުން ބަންދުކޮށް ދާހިއްލުން މަދުކޮށްލަ އެވެ. އަދި ޑިއޯޑޮރަންޓް ބޭނުންކުރުމުން އަތް ދަށުގައި ނުބައިވަސް ދުވާ ޖަރާސީމުތަތައް މަދުކޮށް، ނުބައި ވަސް ކަނޑުވާދެއެވެ.
އަތްދަށުގައި ހުންނަ އިސްތަށި ބޭލުން
އަތް ދަށުގައި އުފެދޭ އިސްތަށިތައް ބޭލުން ނުވަތަ އުފުރުމަކީވެސް އަތް ދަށުން ދޮވާ ނުބައިވަސް ކަނޑުވަދޭނެކަމެކެވެ. ސަބަބަކީ ދާހިއްލުމުން، ދާތައް އަތް ދަށުގައި ފަޅާފައި ހުންނަ އިސްތަށިތަކުގައި ހަރުލާފައި ހުރުމުން އިތުރަށް ޖަރާސީމު އުފެދި ނުބައިވަސް ދުވުމަށް މެދުވެރިވާތީ އެވެ. އެހެންކަމުން އަތް ދަށުން އަބަދުވެސް އިސްތަށި ބާލާފައި ހުރުމުން ނުބައި ވަސް ދުވުމާއި، ދާހިތްލުމުން ދުރުކޮށްދޭ ނެއެވެ.
ފަސޭހަ އަންނައުނު ބޭނުން ކުރުން
ގުދުރަތީ "ފައިބާ އިން ފަހާފައި ހުންނަ އަންނައުނު ނުވަތަ ހެދުން ލުމަކީވެސް އަތް ދަށުން ނުބައިވަސް ދުވުން ހުއްޓުމަށް އެހީވެދޭނެ ކަމެކެވެ. އެގޮތުން ކޮޓަން، ވޫލް އަދި ސިލްކް ފޮތިން ފަހާފާ ހުންނަ ހެދުން ލާން އާދަކުރާށެވެ. މިފަދަ ފޮތީގެ ހެދުން ލުމުން ހަށިގަނޑު ބޮޑަށް ބަންދުވުން ދުރުކޮށްދީ ދާތައް އަވަހަށް އާތްވަށް އަރަން އެހީވެދެއެވެ.
ކުޅި ކެއުންތައް މަދުކުރުން
ކައިބޮއެ އުޅޭ ތަކެތީގެ ސަބަބުންވެސް އަތް ދަށުން ނުބައި ވަސް ދުވުމަށް މެދުވެރިވެ އެވެ. ހާއްސަކޮށް ކުޅި އެއްޗެހި ކެއުމުން އަތް ދަށުން ނުބައި ވަސް ދުވުން އިތުރުވާތީ އެފަދަ ބާވަތްތަކުން ދުރުވެ ހުރުމަކީ ބުއްދިވެރި ކަމެކެވެ.