ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު މައްސަލައިގެ އަޑުއެހުމެއް މި ހަފްތާއަށް ވެސް ތާވަލުކޮށްފައި ނުވާތީ އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެންފި އެވެ.
ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވަން ތާވަލް ކުރި ނަމަވެސް އެއަޑުއެހުން ކެންސަލްވިކަން ފަހުންވަނީ އަންގާފަ އެވެ. އެ އަޑުއެހުން ކެންސަލް ކުރަން ޖެހުނީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އެމަޖެންސީ ޗުއްޓީއެއް ނެންގެވުމުންނެވެ.
އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގަތުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައިކޯޓަށް އިތުބާރު ކުރި ނަމަވެސް، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ރައީސް ޔާމިނުގެ މައްސަލަ ގަސްދުގައި ލަސްކުރުވަނީކަމަށް ލަފާކުރެވޭކަމަށެވެ.
އިތުރު ތަފްސީލު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނަން ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމަށް ބާކީ 12 ދުވަސް އޮތްއިރު ހައިކޯޓުން މައްސަލަ ތާވަލުނުކޮށް ލަސްކުރުމަކީ ރައީސް ޔާމީނުގެ އިންތިހާބީ ހައްގަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށެވެ.
ރައީސް ޔާމިނުގެ ފަރާތްޕުޅުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށްފަހު ވެސް އަޑުއެހުންތައް ނުފަށާ ދިގުލައިގެންދާތީ އިދިކޮޅުން މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ހައިކޯޓަށް ގޮސްފައިވެ އެވެ.
 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
			މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
		 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					 
					
ޔާނުގެ ވެރިކަމުގައި އިދިކޮޅު އެންމެނަށް ކުރިމަތި ނުލެވޭނެގޮތް ހެދިއިރު އަދުރެ ހުރީ ކޮންތާކު؟ އެހެންނޫނަސް ކޯޓުން ވަކި މައްސަލައެއް އަވަސް ކުރަން ޖެހޭތަ؟