"ނޫ ލޮލުގެ ވެރިޔާ"ގެ ގޮތުގައި އިންޓަނެޓުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕާކިސްތާނުގެ އަރްޝަދު ޚާން "ޗައިވާލާ" އިނގިރޭސި ވިލާތުގެ ލަންޑަނުގައި އޭނާގެ ކެފޭއެއް ހުޅުވައިފި އެވެ.

އަރުޝަދު އެންމެ ފުރަތަމަ މީހުންގެ ލޮލުގައި އަޅައިގަތީ 2016 ވަނަ އަހަރު ޕާކިސްތާނުގެ ފޮޓޯގްރާފަރެއް ކަމަށްވާ ޖިއާ އަލީ ނެގި ފޮޓޯއަކުންނެވެ.

އެ ފޮޓޯގައި އަރްޝަދު އޭނާގެ ސައި ވިއްކާ ގާޑިޔަލުގައި ސައި ތައްޔާރު ކުރަން ހުންނައިރު އޭނާގެ ލޮލުގެ ރީތިކަން ވަރަށް ރީތިކޮށް ފެނެ އެވެ.

އޭގެ ފަހުން އަރްޝަދު ވަނީ ގިނަ އިޝްތިހާރުތަކަކާއި މޮޑެލިން ޕްރޮޖެކްޓުތަކެއްގެ އިތުރުން މިއުޒިކް ވީޑިއޯއެއްގައި ވެސް ހަރަކާތްތެރިވެފަ އެވެ.

ވިހީގެ އަހަރުތައް ގުނަމުން އަންނަ އަރްޝަދު މިހާރު ވަނީ ގިނަ އަދަދެއްގެ ޕާކިސްތާން އަދި އިންޑިއާ މީހުން ދިރިއުޅޭ އިރުމަތީ ލަންޑަންގެ އިލްފޯޑް ސްޓްރީޓްގައި އޭނާގެ ފުރަތަމަ ކެފޭ ހުޅުވާފަ އެވެ.

"ދަ ކެފޭ ޗައިވާލާ"ގެ ނަމުގައި ހުޅުވި އެ ކެފޭއިން ޕާކިސްތާނުގައި ހަދާ ސައިގެ އަސްލު ރަހަތައް ލިބޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކެފޭގެ އިންޓީރިއާ ފަރުމާ ކުރެވިފައިވަނީ ޕާކިސްތާނުގެ ސަގާފަތް ދައްކުވައިދޭ ގޮތަށެވެ.

އަރްޝަދު ވަނީ މީގެ ކުރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ވެސް "ދަ ކެފޭ ޗައިވާލާ"ގެ ގޮތްޕެއް ހުޅުވާފަ އެވެ.

ޗައިވާލާގެ ގޮތުގައި ނަން މަޝްހޫރު ވުމަށްފަހު އަރްޝަދު ވަނީ ބޮލީވުޑްގެ ގިނަ ތަރިންތަކަކާއެކު އޭޝިއާގެ އެންމެ ރީތި ފިރިހެނުންގެ ލިސްޓުން ވެސް ޖާގަ ހޯދާަ އެވެ.