"ބާބީ"ގެ މަޝްހޫރުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި ބްރެޒިލްގެ ބާގާ ކިންގް އައުޓްލެޓަކުން "ބާބީ" ތީމްގެ ބާގާއެއް ތައާރަފް ކޮށްފި އެވެ.

ފިޔާތޮށި ކުލައިގެ ސޯސްއަކާއެކު ތައްޔާރު ކޮށްފައިވާ މި ބާގާއަކީ މިހާރު ސިނަމާތަކުގައި ދައްކަމުންދާ "ބާބީ" ފިލްމުގެ ޕްރޮމޯޝަންއެއްގެ ދަށުން ތައާރަފް ކުރި ބާގާ އެކެވެ.

ބޭނުން ވައްތަރެއްގެ އެއްގަމު މަހަކާއެކު ތައްޔާރު ކުރެވޭ މި ޗީޒް ބާގާގެ ޕެކޭޖުގައި ވެނީލާ ފްލޭވާގެ ބުއިމެއްގެ އިތުރުން ފިޔާތޮށި ކުލައިގެ ޑޯނަޓެއް ވެސް އެކުލެވެ އެވެ.

ބާގާ ކިންގްގެ މި އުފެއްދުމަށް ކަސްޓަމަރުންގެ ފަރާތުން ތަފާތު ޚިޔާލުތަކެއް ލިބެމުން އަންނައިރު ބައެއް މީހުން އަންނަނީ މިއީ ވަރަށް ސޭކު އުފެއްދުމެއް ކަމަށެވެ.

ބާބީ މަޝްހޫރު ވެފައިވަނީ ފިޔާތޮށި ފަދަ އަލި ކުލަތައް ބޭނުންކުރާ ފިލްމެއްގެ ގޮތުގަ އެވެ. ބާބީއާ ގުޅުވައިގެން ގިނަ ފްރެންޗައިޒު އުފެއްދުންތަކެއް މިހާރު ވެސް ވަނީ ބާޒާރަށް ނެރެފަ އެވެ.