ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

ޑިމޮކްރެޓްސްގެ ވޯތުލުން ފަށަފައިވަނީ މިއަދު މެންދުރު 14:00 ގަ އެވެ. ވޯޓުލުން މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެޕާޓީން ބުނެ އެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓު ލުން މިއަދު ފަށަފައިވާ އިރު ޕްރައިމަރީއަށް ކުރިއަތިލެއްވީ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ. އެހެންވީމާ މިއަދު ނަގާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށް އެޕާޓިން ބުނެ އެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރީ މިމަހުގެ 2 ވަނަ ދުވަހު އެވެ. ޑިމޮކްރެޓްސްގެ ދަފްތަރުގައި 4100 މެމްބަރުން މިހާރު އެބަތިއްބެވެ. އެ ހުރިހާ މެމްބަރުންނަށްވެސް ވޯޓުލުމުގެ ފުރުސަތު ލިބޭ އިރު މިއަދުގެ އިންތިހާބު ހިނގަމުންދާއިރު ވެސް ޕާޓީއަށް ސޮއިކޮށް، ވޯޓުލުމުގެ ފުރުސަތު ލިބެ އެވެ.

ޑިމޮކްރެޓްސް ޕްރައިމަރީ ވޯޓުލުން މިހާރުވަނީ ފަށާފައި

ގިނަ މީހުން ގަބޫލުކުރިގޮތުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑީޑޭޓަކީ ރައީސް މުހައްމަދު ނަޝީދެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަނުކުރައްވާނެ ކަމަށެވެ. ޑި މޮކްރެޓްސް އިން ރިޔާސީ ކެންޑިޑޭޓަކު ނެރެން ނިންމާފައިވާއިރު، މިދިޔަ ހަފްތާގައި ރައީސް ނަޝީދާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައްދަލުކޮށް ވަނީ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފަ އެވެ.