ހެނދުނު ހޭލާއިރު ބޯއަނބުރާފައި ހުރުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. އެކަމުގެ ސަބަބުން އާއްމު ދިރިއުޅުމުގެ ކަންކަމަށް ބުރޫ އަރާ ކަމެއްވެސްމެ އެވެ.
މިއީ އާއްމުކޮށް ތިބާއަށް ކުރިމަތިވާ ކަމެއްނަމަ އެކަން ހައްލު ކުރުމަށްޓަކައި ތިރީގައި މިވާ ގޭގައި ކުރެވޭނެ ބައެއް ކަންތައްތަކުގެ އަޖުމަ ބަލާލާށެވެ.
ރަނގަޅު ނާސްތާއެއް ކުރުން
ހެނދުނު ހޭލާއިރު ލޭގެ ހަކުރު ދަށްވެފައި ހުރުމަކީ އެކަމުގެ ސަބަބުން ބޯއެނބުރުމުގެ އުނދަގޫ ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން ހެނދުނު ރަނގަޅު ނާސްތާއެއް ކުރުމަކީ ބޯއެނބުރުން ކުޑަވެ މީހާގެ ހަށިގަނޑު ހަމައަކަށް އެޅެން އެހީވާ ކަމެކެވެ.
ލުނބޯއާއި އިނގުރު ބޭނުން ކުރުން
ލުނބޯއާއި އިނގުރަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑަންޓްސްގެ ސަބަބުން ބޯއެނބުރުމާއި ހޮޑުލެވުން ފަދަ ކަންކަމުން ދުރުކޮށްދޭ ކަމެކެވެ. އެހެންކަމުން މި ބާވަތްތައް ހިމަނައިގެން ބުއިމެއް ތައްޔާރުކޮށް ހެނދުނު ހައިބަނޑާ ބޯލުމަކީ ލުއި ލިބޭނެ ކަމެކެވެ.
ގިނައިން ފެން ބުއިން
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބި ޑީހައިޑްރޭޓް ވުމަކީ ވެސް ހެނދުނު ހޭލާއިރު ބޯއެނބުރުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ބޯއަނބުރާ ގޮތްވާ ނަމަ ފެންތަށްޓެއް ބޯލުމަކީ ހަށިގަނޑު ރީހައިޑްރޭޓްވެ ބޯއެނބުރުން ކުޑަކޮށްދޭނެ ކަމެކެވެ.