90ގެ އަހަރުތަކުގައި މަޝްހޫރުވި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތު އޭނާގެ ފުރަތަމަ ޕަންޖާބު ފިލްމު ކުޅެން ތައްޔާރު ވެއްޖެ އެވެ.
ސަންޖޭ ޕަންޖާބުގެ ފިލްމީ ދާއިރާއަށް ނުކުންނަށް ހަމަޖެހިފައިވަނީ އަމަރްދީޕް ގަރެވާލް ޕްރޮޑިއުސްކޮށް ގިޕީ ގަރެވާލް ލިޔެ ޑައިރެކްޓްކުރާ "ޝެހްރަން ދި ކައުމް ޕަންޖާބް"އިންނެވެ.
މިކަން އިއުލާން ކުރަމުން ސަންޖޭ ވަނީ އަމަރްދީޕްއާއި ގިޕީއާއެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ސަންޖޭ އަންނަނީ ޕަންޖާބު ފިލްމީ ދާއިރާގެ އިތުރުން އިންޑިއާގެ ދެކުނުގެ ތަމިލް ފިލްމީ ދާއިރާއަށް ވެސް ވަނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
ސަންޖޭއަކީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އޭނާގެ ހަޔާތުގެ މައްޗަށް ހެދި "ސަންޖޫ" ފިލްމަށް ވެސް ބޮޑު ކާމިޔާބެއް ލިބުނެވެ.
ޓްރަމްޕާއި ޝީގެ ރަސްމީ ބައްދަލުވުން މިއަދު ބެއިޖިންގައި ބާއްވަނީ
މޫސާ ލަތީފާއި ދައުރު ނޫހާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާކޮށްފި
ހިތުގެ ދުޅަހެޔޮ ކަމަށް ހެނދުނުގެ 5 އާދައެއް!