ކުޑަ ކުދިންގެ މެދުގައި މަގުބޫލު ކާޑު ގޭމެއް ކަމަށްވާ "އޫނޯ" އުފައްދާ ކުންފުނި ކަމަށްވާ މެޓަލްއިން މަހު މުސާރައަށް އެ ގޭމް ކުޅެދޭނެ ފަރާތެއް ހޯދަން ފަށައިފި އެވެ.
އެ ކުންފުނިން ކުރިއަށް ގެންދާ ދިރާސާއެއްގެ ދަށުން "ޗީފް އޫނޯ ޕްލެޔާ"ގެ މަގާމަށް އައްޔަން ކުރެވޭ މީހަކު އެއް މަސް ދުވަސް ވަންދެން ހަފްތާއަކު ހަތަރު ދުވަހު ހަތަރު ގަޑިއިރު އޫނޯގެ އާ ގޭމެއް ކަމަށްވާ އޫނޯ ކުއާތުރޯ ކުޅެން ޖެހޭނެ އެވެ.
މި ވަޒީފާއަށް ކޮންމެ ހަފްތާއަކު 4،444 އެމެރިކާ ޑޮލަރު ލިބޭއިރު ދިރާސާގައި ހޭދަވާ އެއް މަސް ދުވަހުގެ ތެރޭގައި އެމީހަކަށް ޖުމްލަ 17،776 އެމެރިކާ ޑޮލަރު ލިބޭނެ އެވެ.
ޗީފް އޫނޯ ޕްލެޔާގެ މައިގަނޑު މަސްއޫލިއްޔަތަކަށް އޮންނާނީ އެހެން މީހުންނަށް އޫނޯ ކުއާތުރޯ ކުޅެން ދަސްކޮށްދިނުމާއި އޫނޯގެ މާކެޓިން ވީޑިއޯތައް ތައްޔާރު ކުރުމުގައި އެހީވެ ދިނުމެވެ.
އޫނޯ ކުއާތުރޯއަކީ އާއްމުކޮށް މީހުން ކުޅެއުޅޭ އޫނޯއާ ތަފާތުކޮށް އެހެން ނަމަވެސް އެއްގޮތް ކަންތައްތަކެއް ވެސް އެކުލެވޭ ގޮތަށް މެޓަލްއިން އަލަށް އުފައްދާފައިވާ ގޭމެކެވެ.
"ލިސްޓަރިން"އިން ކުރެވޭ މުޅިން ތަފާތު ބޭނުންތަކެއް!
މަޝްވަރާތަކަށް އީރާނުގެ އިސް ވަފުދު ޕާކިސްތާނަށް
ކާޑިބީގެ ކްރެޑިޓް ކާޑުން 60،000 ޑޮލަރުގެ ވައްކަން ކޮށްފި