އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބައްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފި އެވެ.

މިއަހަރު ބައްވާ ރިޔާސީ އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ.

1- އުމަރު ނަަސީރު - މާޒް އަހްމަދު ސަލީމް / އަމިއްލަ ގޮތުން

2- ހަސަން ޒަމީލް - މަރިޔަމް އަލީމް / އަމިއްލަ ގޮތުން

3- އިބްރާހިމް މުހައްމަދު ސޯލިހް - މުހައްމަދު އަސްލަމް / އެމްޑީޕީ

4- ޑރ. މުހައްމަދު މުއިއްޒު - ހުސައިން މުހައްމަދު ލަތީފް / ޕީއެންސީ

5- ގާސިމް އިބްރާހިމް - ޑރ. އަމީން އިބްރާހިމް / ޖުމްހޫރީ ޕާޓީ

6- ފާރިސް މައުމޫން - ޑރ. އަބްދުއްސައްތާރު ޔޫސުފް / އަމިއްލަ ގޮތުން

7- އިލްޔާސް ލަބީބް - ހުސައިން އަމްރު / ދަ ޑިމޮކްރެޓްސް

8- މުހައްމަދު ނާޒިމް - ޑރ. އަހްމަދު އަދީލް ނަސީރު / އެމްއެންޕީ

މިއީ މިހާތަނަށް ބާއްވާނެ އެންމެ ވާދަވެރި ރިޔާސީ އިންތިހާބު ކަމަށް ގިނަބަޔަކު ގަބޫލު ކުރެ އެވެ. އެއީ ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރާތީ އެވެ.

ރިޔާސީ އިންތިހާބަށް މިހާތަނަށް ކޯލިޝަނަކާއެކު ނުކުންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެއީ އަދާލަތު ޕާޓީ އާއި އެމްޑީއޭ ގުޅިގެން ހަދާފައިވާ ކޯލިޝަން އެވެ. ރައީސް ސޯލިހުއާއެކު ކޯލިޝަން ހެދުމަށް މިހާރު ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށާއި އެމްއާރުއެމް އަށް ވެސް ދައުވަތު ދެއްވި އެވެ. އެހެން ނަމަވެސް ޖޭޕީ އާއި އެމްއާރުއެމް ވެސް ނިންމީ ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ.