އަންނަ މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން "ހުރިހާ" އިން ކިޔުންތެރިންނަށް މިއަދު ހުޅުވާލައިފި އެވެ.

ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަހަރުގެ ރިޔާސީ އިންތިހާބާ މެދު ކިޔުންތެރިންގެ ފޯރި އިތުރުކުރުމެވެ. މި ޕޯލްގައި ދެވޭ ވޯޓުގެ ނަތީޖާ ވޯޓުލުމުގެ އެއް ދުވަސްކުރިން ސެޕްޓެމްބަރު 8 ވަނަ ދުވަހު އާއްމުކުރެވޭނެ އެވެ.

"ހުރިހާ" އިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ބޭއްވި ބޮޑެތި އިންތިހާބުތަކާއި އާއްމުންނާ ގުޅުންހުރި އެކި ކަންކަމުގެ ހިޔާލު ހޯދުމަށް ޕޯލްތައް ނަގައިފަ އެވެ. އެ ޕޯލްތަކަށް ވެސް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. މި ފަހަރުގެ ވޯޓުގައި ވެސް ކިޔުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރަމެވެ.