ދިގުމިނުގައި 150 ފޫޓު (45.7 މީޓަރު) ހުރި ބޮޑު ސޭންޑްވިޗްއެއް އެމެރިކާގެ ޕެންސަލްވޭނިއާގައި ކުރިއަށް ދިޔަ ފެއާއެއްގެ ތެރެއިން ދައްކާލައިފި އެވެ.

ޖުލައި މަހުގެ 27 ވަނަ ދުވަހު ދައްކާލި އެ ސޭންޑްވިޗްއަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ދިގު ސޭންޑްވިޗް ތަކުގެ ތެރޭގައި ގުނާލެވޭ ސޭންޑްވިޗް އެކެވެ.

"ބޮލޮގްނާ ސެކިއުރިޓީ"ގެ ނަމުން ނަން ދެވިފައިވާ އެ ސޭންޑްވިޗް ތައްޔާރު ކޮށްފައވަނީ ފެއާގެ ތެރެއިން އެކަމަށް އިސްނެގި ދަރުމަވެރިންގެ ބޮޑު ޓީމަކުންނެވެ.

މި ސޭންޑްވިޗްގެ ކޮންމެ ފޫޓެއް 100 އެމަރިކާ ޑޮލަރަށް ސްޕޮންސާ ކޮށްފައިވާއިރު އެ މަގުން މުޅި ސޭންޑްވިޗްގެ އަގު 15000 އެމެރިކާ ޑޮލަރަށް އަރަ އެވެ.

މި ސޭންޑްވިޗްއިން ލިބުނު އާމްދަނީ ހަދިޔާ ކޮށްފައިވަނީ ލުބްނާނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރައްކާތެރި ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތްކުރާ ދަރުމަވެރި ޖަމިއްޔާ އަކަށެވެ.

600 ފޮތި ޗީޒްއާއި 1200 ފޮތި ބޮލޮގްނާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެ ސޭންޑްވިޗްގެ ރަހަ ބަލާލުމުގެ ހިލޭ ފުރުސަތު އެ ދުވަހު ފެއާއަށް ދިޔަ އެންމެންނަށް ވަނީ ދީފަ އެވެ.