ދެހާހުގެ ކުރީކޮޅު ގިނަ ބޮލީވުޑްގެ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އިމްރާން ޚާން ފިލްމީ ދާއިރާއަށް އަނބުރާ އަންނަން އުޅޭކަން އޭނާ ޔަގީން ކޮށްދީފި އެވެ.

އިމްރާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ފިލްމަކަށް އިންތިޒާރުކުރާ ބެލުންތެރިންގެ އަޑު އަހައިފި ކަމަށާއި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އައި ހޭޓް ލަވް ސްޓޯރީޒް"، "ޖާނޭ ތޫ ޔާ ޖާނޭނާ" އަދި "އެކް މޭ އޯރް އެކީ ތޫ" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ ތައުރީފް ހޯދާފައިވާ އިމްރާން ޚާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ނުކުތް "ކައްޓީ ބައްޓީ" އިންނެވެ.

އިމްރާން އަނބުރާ ފިލްމީ ދާއިރާއަށް ނުކުންނަން އުޅޭކަން ޔަގީން ކޮށްދިނުމާއެކު ގިނަ ބައަކު އަންނަނީ އިންޓަނެޓުގައި އުފާ ފާޅު ކުރަމުންނެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރް ޚާންއަށް ބޮޑުބޭބެ ކިޔާ އިމްރާން ބޮލީވުޑަށް އަނބުރާ އަންނަ ޕްރޮޖެކްޓްގެ ތަފްސީލެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.