އާއްމު ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް ހާސްވާ ނުވަތަ ސްޓްރެސްވާ ހާލަތްތައް މެދުވެރިވާނެ އެވެ. މި ސްޓްރެސް ފިލުވުމަށްޓަކައި ބައެއް މީހުން ކަސްރަތުކޮށް، މިއުޒިކް އަޑުއަހާ އަދި ޔޯގާ ކުރުންފަދަ ކަންތައް ކުރާ އިރު ބައެއް މީހުންނަށް ދެވެނީ ކާއެއްޗެއްސާ ދިމާއަށެވެ.
ގަބޫލުކުރިޔަސް ނުކުރިޔަސް ސްޓްރެސް ވެފައި ހުންނައިރު ކާހިތްވުމަކީ ހަށިގަނޑުގައި ހުންނަ ކެމިކަލެއްގެ ސަބަބުންނެވެ. ހާވާޑްގެ ހެލްތުން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ސްޓްރެސްވެފައި ހުންނަ އިރު ހަށިގަނޑުން ކޯޓިސޯލް ނަމަކަށް ކިޔާ ހޯމޯނެއް ބޭރުވެ އެވެ. މި ހޯމޯންގެ ސަބަބުން މީހާ ބަނޑުހައިވެ އަދި ކެއުމަށް ބޭނުން ކުރުވަ އެވެ.
Aމިގޮތުން ގޮސް ކައިފި ނަމަ ސްޓްރެސް ލެވެލްއަށް ބަދަލުތަކެއް އާދެ އެވެ. އެގޮތުން ހަކުރާއި ފެޓްސްގެ ބާވަތްތައް ހިމެނޭ ކާއެއްޗެހި ކެއުމުން ހަގީގަތުގައި ވެސް މީހާގެ ސްޓްރެސް ދަށްވެ މޫޑު ރަނގަޅުކޮށްދެ އެވެ.
ސްޓްރެސް އާ ޑީލްކުރުމުގައި ކެއުމަކީ ސިއްހަތަށް މާބޮޑު ގެއްލުމެއް ހުރި ކަމަކަށް ނުވިޔަސް އެކަން ހައްދުން ނައްޓައިގެން ދިއުމުން ކަމަކުނުދާނެ އެވެ. މިސާލަކަށް ޓެސްޓަކާ ގުޅިގެން ސްޓްރެސް ވެ، ރެޑް ބުލް ދަޅެއް ހިފައިގެން ލެޕްޓޮޕް ކައިރީ އިށީނުން އެއީ މައްސަލައެއް ނޫނެވެ. އެކަމަކު އޭގެ ނަތީޖާއެއްގެ ގޮތުން ބަލިވެ، ގައިގައި ރިއްސާ، ބަނޑުގައި ރިއްސާ ފަދަ ކަންތައް ވަންޏާ އެއީ ކުރުން އެންމެ ރަނގަޅު ކަމަކަށް ނުވެދާނެ އެވެ.
އެހެން ކަމުން ހާސްކަމާއި ސްޓްރެސް ދުރުކުރުމަށްޓަކައި އެހެނިހެން ގޮތްގޮތް ހޯދުން ބުއްދިވެރި އެވެ