ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކޯލިޝަންގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުން ދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.
"ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލެއް.". ޑރ. މުއިއްޒު ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ހިންގި ބިޔަ ޕްރޮޖެކްޓެކެވެ.
ސިނަމާލެ ބްރިޖަށް މާދަމާ ފަސް އަހަރު ފުރޭނެ އެވެ.
ބުރިޖްގެ މަސައްކަތް ނިންމާފައި ވަނީ ތިން އަހަރާއި 11 މަހުންނެވެ.
ސަލާމަތީ ބާރުތަކުގެ ވެރިން 241 ކޮމިޓީއަށް ހާޒިރުކުރަނީ
ގަސް ހެއްދުން: އުމުރު ދިގުވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް!
އަޔާޑާގެ އެޑްލީސް ވިއްކާލަން އާ އުކުޅުތަކެއް ބޭނުންކުރަނީ