ރައްޓެހިވެގެން އުޅޭ މީހާ ކައިވެންޏަށް އަހާނެ ދުވަހަކީ ހަމަ ކޮންމެ އަންހެނަކު ވެސް އިންތިޒާރުކުރާ ދުވަހެކެވެ. މި ދުވަހަކީ ހާއްސަ އަދި ހަނދާން ނުފިލާނެ ދުވަހަކަށް ހެދުމަށްޓަކައި ފިރިހެނުން ވެސް ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

އެގޮތުން ލޯބިވެރިޔާގެ ކައިރީގައި ކައިވެންޏަށް އަހަން އާދަޔާޚިލާފު ކަމެއް ކުރި އެކަކަކީ އިންޑިއާއަށް ނިސްބަތްވާ ޔަޝްރާޖް ޗާބްރާ އެވެ. ޔަޝްރާޖް އޭނާގެ ލޯބިވެރިޔާއަށް ކައިވެނި ހުށައެޅީ ބޮޑު އެއާޕޯޓެއްގެ ސްޕީކަރު ސިސްޓަމް ބޭނުން ކޮށްގެންނެވެ.

ނިއުޒިލޭންޑްގެ އޯކްލޭންޑް އެއާޕޯޓުގެ މުވައްޒަފުންގެ އެހީގައި މެލްބަނުން ފުރައިގެން އެ އެއާޕޯޓަށް އައި ރިޔާ އައި ވަގުތު އެއާޕޯޓުގެ ޕީއޭ ސިސްޓަމް މެދުވެރިކޮށް ކައިވެންޏަށް ހުށައަޅައި މެސެޖެއް ވަނީ އިއްވާފަ އެވެ.

https://www.instagram.com/aucklandairport/?utm_source=ig_embed&ig_rid=00057e09-81a7-4d30-9ea2-63f76de0a8e4

އާއިލާއާއި ގާތް ރަހުމަތްތެރިން ވަށައިގެން ތިބިއިރު ޔަޝްރާޖް ވަނީ ކަޅާ ހުދުގެ ކޯޓު ފަޓުލޫނެއްގައި އެއް ކަކޫ މައްޗަށް ތިރިވެ ކައިވެންޏަށް އަހާފަ އެވެ. ވަގުތުން ރިޔާ އާނބަސް ބުނެފައިވެ އެވެ.

އޯކްލޭންޑް އެއާޕޯޓުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި މި "ޕްރޮޕޯސަލް"ގެ ވީޑިއޯ އާއްމުކޮށް ބުނެފައިވަނީ ޔަޝްރާޖްއާއި ރިޔާގެ އުފަލުގައި ބައިވެރިވާން ލިބުނީތީ އުފާކުރާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޔަޝްރާޖްއަށް މި ޚިޔާލު އައީ ބޮލީވުޑްގެ ފިލްމުތަކުންނެވެ. ބޮލީވުޑްގެ ފިލްމުތަކުގައި ވެސް މުޅިން ތަފާތު ގޮތްގޮތަށް ބައިވެރިޔާއަށް ކައިވެނި ހުށައަޅަ އެވެ.