ކ. މާފުށިން އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ 81 އަހަރުގެ މީހާ ފެނިއްޖެ އެވެ.
ގެއްލިގެން ހޯދީ އެރަށު، ޝޭޑީ ގްރޯވ، އަހްމަދު އާދަމް މަނިކު އެވެ. މިއަދު މެންދުރު 2:08 ހާއިރު ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓް ކުރި އެމީހާ ފެނުނީ ރަންނާޅި ރިސޯޓުގެ އިރުމަތިންނެވެ.
އޭނާ މިހާރު ކޯސްޓު ގާޑަށް ނަގައި މާފުށްޓަށް ދަތުރުފަށައިފައިވާ ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.
ގެއްލިގެން ހޯދި މީހާއަކީ އަޑުއިވުމާއި ވާހަކަދެއްކުމުން މަހްރޫމްވެފައިވާ މީހެކެވެ.
ފެނުނުއިރު އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
ރޮނާލްޑޯ ސްޕެނިޝް ކްލަބް އަލްމެއިރާގެ ހިއްސާ ގަނެފި
ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!
