ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް އޭނާއަކީ ސިޔާސީ މީހެއް ނޫން ކަމަށް ބޮލީވުޑްގެ ތަރި ސަނީ ޑިއޯލް ބުނެފި އެވެ.
"އާޕްކީ އަދާލަތު" ގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ސަނީ ބުނީ ސިޔާސީ ދާއިރާއަކީ އޭނާގެ ދުނިޔެއެއް ނޫންކަން އެނގުނީ އެ ދާއިރާއަށް ވަނުމުން ކަމަށެވެ.
މަޖިލީހުގައި އޭނާގެ ހާޟިރީ ދަށްވަނީ ކީއްވެގެންތޯ ސުވާލު ކުރެވުމުން ސަނީ ބުނީ މަޖިލީހަށް ނުގޮސް ވެސް އޭނާގެ ދާއިރާއަށް ހިދުމަތްކުރާ ކަމަށެވެ.
"މަޖިލީހަށް ނުދިޔަޔަސް އަހަރެންގެ ދާއިރާގެ ހުރިހާ މަސައްކަތެއް ކުރަން. ހާޟިރީއަކީ މުހިއްމު އެއްޗެއް ނޫން" ސަނީ ބުންޏެވެ.
ކުރިއަށް އޮތް 2024 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ވާދަ ކުރަން ބޭނުންނުވާ ކަމަށް ވެސް ސަނީ ވަނީ ބުނެފަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަތީ މަޖިލިސް, ލޯކް ސަބާއަށް ސަނީ އިންތިހާބުވީ ޕަންޖާބުގެ ގުރްދާސްޕުރް ދާއިރާއިންނެވެ.
އީފާހުން ތާއީދު ފޯމު ފުރަންޖެހޭ މައްސަލައިގައި ގޮތެއް ނުނިންމުނު
އުރްފީގެ ނަން ވެސް އެންމެ ފަހުން ބަދަލު ކުރީތަ؟
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު