ކަރީނާ ކަޕޫރު ޚާންއަކީ އަބަދުވެސް އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް މީޑިއާއާ ހިއްސާކުރާ ފަންނާނެކެވެ. އެގޮތުން މިފަހުން ދިން އިންޓަވިއުއެއްގައި ވެސް އޭނާ ވަނީ އޭނާގެ ޒަވާޖީ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން ކަރީނާ ބުނެފައިވަނީ ދެމަފިރިންގެ ދެމެދުގައި އުމުރު ތަފާތުވުމަކީ މާބޮޑު މައްސަހައެއް ނޫން ކަމަށާއި މީހުން އުޅެނީ އެކަންތައް މާބޮޑު ކަމަކަށް ހަދައިގެން ކަމަށެވެ.
ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާން 1970 ވަނަ އުފަންވިއިރު ކަރީނާ އުފަންވީ 1980 ވަނަ އަހަރު އެވެ. އެ ދެމީހުންގެ އުމުރުގައި 10 އަހަރު އުޅެ އެވެ.
މީގެ އިތުރުން ވެސް ކަރީނާ ވަނީ އެ ދެމީހުންނަކީ ތަފާތު ދެ ދީނަކަށް އުޅޭ ދެމީހުން ކަމަށް ވިޔަސް އެކަމުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް އެއްވެސް ހުރަހެއް ނޭޅޭ ކަމަށް ބުނެފަ އެވެ. ސައިފްއަކީ މުސްލިމަކަށްވާއިރު ކަރީނާއަކީ ހިންދޫ އެކެވެ.
އަހަރުތަކެއް ރައްޓެހިވެގެން އުޅުމަށްފަހު ސައިފްއާއި ކަރީނާ ކައިވެނިކުރީ 2012 ވަނަ އަހަރު ބޭއްވި މުސްލިމް ކައިވެންޏެއްގަ އެވެ. އެ ކައިވެންޏަށް މިހާތަނަށް ދެ ދަރިން ލިބިފައިވެ އެވެ.
ހޮންގް ތައި ހާބަލް އިންހޭލާގެ ބެޗެއް ވިއްކުން މަނާކޮށްފި
"އަލްވަދާއު"ގެ ތަރިންނާ ބައްދަލު ކޮށްލަން ބޭނުންތަ؟
އިނގިރޭސި ރަސްގެފާނު ދެއްވާ "ނައިޓް" ލަގަބު ބެކަމްއަށް