ސައިނަސްގެ އުނދަގުލަކީ ގިނަ ބަޔަކު ތަހައްމަލް ކުރަމުން އަންނަ ބޮޑު ވޭނެކެވެ. ސައިނަސްގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ނޭވާލާން އުނދަގޫވުމާއި ރޯގާޖެހި ނޭފަތުން އަރިދަފުސް އައުން ހިމެނެ އެވެ. ސައިނަސްގެ އުނދަގޫ އެންމެ ބޮޑުވަނީ ވިއްސާރަވެ ފިނިވުމުންނެވެ. ސައިނަސްގެ އުނދަގޫވުމުން އެކަމުން ލުޔެއް ހޯދުމަށް ގިނަފަހަރަށް ބޭނުންކުރެވެނީ އެންޓިބަޔޮޓިކްސް އެވެ.
އެހެން ނަމަވެސް އެންޓިބަޔޮޓިކްސް ބޭނުންކުރުމުގެ ބަދަލުގައި ގުދުރަތީ ފަރުވާ ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ތިރީގައި މި ގެނެސްދެނީ ސައިނަސްގެ އުނދަގޫ ވާނަމަ ބޭނުންކުރުން ރަނގަޅު ބައެއް ތަކެއްޗެވެ.
ގިނައިން ދިޔާއެއްޗެހި ބުއިން
ސައިނަސްގެ އުނދަގޫ ވުމުން ތަރުކާރީ މޭވާ ޖޫސް ގިނަ އަދަދަކަށް ބޭނުން ކޮށްލާށެވެ. އޭރުން ލުޔެއް ލިބޭނެ އެވެ.
ތެލުން މަސާޖްކޮށްލުން
ސައިނަސް ހުންނަ ނަމަ ބާރުގަދަ އެންޓިބަޔޮޓިކްސް ބޭނުންކުރުމުގެ ބަދަލުގައި ތެޔޮ ކޮޅަކުން ބޯ މަސާޖްކޮށްލާށެވެ. އެގޮތުން ލެވެންޑާ ތެޔޮ، އިކެލިޕްޓަސް ތެޔޮ ނުވަތަ މެންތަލް ތެލުން ބޯ މަސާޖް ކޮށްލާށެވެ. އޭރުން ބޮލުގައި ރިހުމަށް ހައްލެއް ލިބޭނެ އެވެ.
މާމުޔާއި ލުނބޯ ޖޫސް ބޭނުން ކުރުން
ސައިނަސްގެ އުނދަގޫވާ ނަމަ މާމުއި އަޅައިގެން ލުނބޯ ޖޫސް ތަށްޓެއް ބޯލާށެވެ. އޭރުން ސައިނަސްގެ އުނދަގުލުން އިސާހިތަކު ލުއި ލިބިދާނެ އެވެ.
ތަރުކާރީ އާއި މޭވާ ބޭނުން ކުރުން
ސައިނަސް ހުންނަނަމަ ގިނަ އަދަދަކަށް މޭވާ އާއި ތަރުކާރީ ބޭނުން ކުރާށެވެ. މޭވާ އާއި ތަރުކާރީ އަކީ ހަމަައެކަނި ސިއްހަތަށް ފައިދާހުރި އެއްޗެއް ނޫނެވެ. އޭގެ ސަބަބުން ސައިނަސްގެ އުނދަގުލުން ވެސް ސަލާމަތްކޮށްދޭނެ އެވެ.
އާވި އެރުވުން
ސައިނަސް ހުންނަނަމަ އާވި އަރުވާށެވެ. ކުޑަ ތެއްޔަކަށް ފެން އެޅުމަށްފަހު ހޫނުކޮށްލާށެވެ. އެއަށްފަހު ބޮލާއެކު ތުވާޔެއް އަޅާ ރަނގަޅަށް ނިވާކުރުމަށްފަހު 10 ނުވަތަ 15 މިނެޓް ވަންދެން އާވިއަރުވާލާށެވެ.