ހުޅުމާލޭ ފޭސް ދޭކުން 50 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ހއ. ދިއްދޫ، ގުލްފާމްގެ، އިސްމާއީލް މާހިރު 50އ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ރޭ ދަންވަރު 1:08 ހާއިރު އޭނާ ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިގޮތުން އިއްޔެ ހުކުރަށް ދާން ގެއިން ނުކުތް ފަހުން އޭނާގެ ޚަބަރެއް ނުވާ ކަމަށާއި އޭރު ލައިގެން ހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭނާ މިހާރު ދިރިއުޅޭ އެޑްރެސް ހުޅުމާލެ ފޭސް 2 ގައި ހުންނަ ސްޓެލްކޯ ޓަވަރުގަ އެވެ.

އިސްމާއީލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.