ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެއިން އެންމެ އުހުގައި ފިޔަޖަހަމުން ދަނީ ދީޕިކާ ޕާޑުކޯން ކަމާއި މެދު ޝައްކެއް ނެތެވެ. އޭނާ މިހާރު އެހުރި ހިސާބަށް ވާސިލުވާން ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް ދެން އެނބުރި ފަހަތަށް ބެލުމެއް ނެތެވެ. އޭނާއަކީ ބޮލީވުޑްގެ ރާނީކަމަށް ގިނަ ބަޔަކު ސިފަ ކުރެ އެވެ. އެހެން ނަމަވެސް ދިފިކާ އާންމުކޮށް ފެނިގެން ދަނީ ވަރަށް ސާދާ ދިރިއުޅުމަކަށް ލޯބިކުރާ ފަންނާނެއްގެ ގޮތުގަ އެވެ.

ދީފިކާގެ ކޮންމެ ފިލްމަކަށް ވެސް އާންމުގެ ފަރާތުން ލިބޭ ތަރުހީބާއި އެއްވަރަށް އޭނާގެ ހެދުން އެޅުމަށް ވެސް ގިނަ ބަައެއްގެ ތަރުހީބު ލިބެ އެވެ. މީގެ ކުރިން ފިލްމް ފެއާއާށް ދިން އިންޓަވިއުއެއްގައި ދީފިކާ ބުނެފައިވަނީ އޭނާގެ ފެޝަން އައިކޮން އަކީ މަންމަ، އުއްޖަލާ ޕާޑުކޯން ކަމަށެވެ. އަދި ދީފިކާގެ ހެދުން އެޅުމާއި ސްޓައިލްއަށް މަންމަގެ އިންފްލުއެންސް ވަރަށް ބޮޑު ކަމަށެވެ.

"އަހަރެން ބޮޑުވަމުން އައި އިރު މަންމަ އަކީ އަހަރެންގެ ވަރަށް ބޮޑު އިންސްޕިރޭޝަން އެއް. އަހަރެން ލާ ހުދު، ބެއިޖް، ކްރީމް އަދި ޕޭސްޓަލް ކުލަ ތަކަކީ މުޅިންވެސް މަންމަގެ އިންފްލުއެންސް. މަންމަ ގޮތަށް އަހަރެންވެސް މާ ބައިވަރު ގަހަނާއެއް ބޭނުމެއް ނުކުރަން. ވީހާވެސް ސިމްޕަލްކޮށް ހެދުން އެޅުމަކީ މަންމަ ކިބައިން އަހަންނަަށް ދަސްވި ކަމެއް،" ދީޕިކާ ބުންޏެވެ.

ދީފިކާ އިތުރަށް ބުނި ގޮތުގައި ބޮލީވިޑްއިން އޭނާއަށް އެންމެ ސްޓައިލިޝްވީ ކަންގަނާ ރަނޯތް އާއި އަނުޝްކާ ޝަރްމާ ކަމަށެވެ.