ސީއެންއެންގައި ގިނަ ދުވަސްތަކެއް ވަންދެން އެތައް ޝޯއެއް ހުށައަޅާދީފައިވާ މަޝްހޫރު ލެރީ ކިންގް މިއަދު މަރުވެއްޖެ އެވެ.
ލެރީ ކިންގް، 87، މަރުވިކަން އޭނާގެ ފިރިހެން ދަރިފުޅު ޗާންސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ލެރީ ވަނީ 25 އަހަރުވަންދެން "ލެރީ ކިންގް ލައިވް" ކިޔާ ޕްރޮގްރާމެއް ސީއެންއެންގައި ހުށައަޅައިދީފަ އެވެ.
"އޯރާ މީޑިއާގެ ކޯ ފައުންޑަރު، ޓީވީ ހޯސްޓް އަދި ރަހުމަތްތެރިޔާ ލެރީ ކިންގް މަރުވި ހަބަރު އެހީ ފުންހިތާމައާއި އެކު،" އޯރާ މީޑިއާ އިން ނެރުނު ބަޔާނެއްގައިވެ އެވެ.
"ލެރީ ކިންގް ވަނީ ފަސްދޮޅޮސް ތިން އަހަރު ވަންދެން ރޭޑިއޯ، ޓީވީ އަދި ޑިޖިޓަލް މީޑިއާގައި ގިނަ ޕްރޮގްރާމްތައް ހުށައަޅާދީފައި. ލެރީއަށް ލިބިފައިވާ ގިނަ އެވޯޑްތަކާ ކޮށްފައިވާ އެތައް ހާސް އިންޓަވިއުތަކުން އޭނާ އަކީ ތަފާތު އަދި ހުނަރުވެރި ބްރޯޑްކާސްޓަރެއްކަން އެނގިހާމަވޭ،" އެ ބަޔާނުގައި އިތުރަށް ލިޔެފައިވެ އެވެ.
ބަރުދަން ލުއިކުރާ ބޭސް: ބުރުސޫރަ ރީތި ކުރަން ބޭނުން ކުރެވޭ!
ދެ ރަށެއްގެ ދަރިވަރުންނަށް ބީއެމްއެލް އިން އައިސީޓީ ސެޝަނެއް
އެޕާޓްމެންޓްތަކުގެ ކުލި ޑޮލަރުން ދައްކަން އެންގުން އާންމުވަނީ
