އަހަރެމެން އެންމެންގެ ވެސް "ޓުވިން" އެއް ނޫނީ އެއްގޮތް ސިފަތަކެއް ހުންނަ މީހެއް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އުޅެޔޭ ކިޔާ އަޑު ކުޑައިރުއްސުރެ އިވެ އެވެ. ކަން މިހެން އޮތުމާއި އެކުވެސް އެމީހަކު ފެނި ނުވަތަ ބައްދަލުވުމުގެ އޮންނަނީ ކުޑަ ފުރުސަތެކެވެ.

އެހެން ނަމަވެސް ތިމާއަކީ މަޝްހޫރު، ގިނަ މީހުން ދަންނަ މީހެއް ނަމަ، ސޯޝަލް މީޑިއާގެ ދައުރާއި އެކު އެއީ މިހާރު މާ އުނދަގޫ ކަމަކަށް ނުވެ އެވެ.

އިޒްރޭލްގައި ދިރިއުޅޭ ފްރެޑީ ސްލިވިންސްކީ މިވަނީ މިފަދަ ފޮޓޯތައް އެއްކޮށްގެން "ސޭމް ޑި ލަ ސޭމް"ގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ހަދާފަ އެވެ.

މި އިންސްޓަގްރާމް ޕޭޖްގައި ހުރި ބައެއް ފޮޓޯތަކަށް ބަލާލާނަމެވެ. މިތަނުން އަސްލު ސެލެބްރިޓީ އަކީ ކާކުކަން އެނގޭނެ ހެއްޔެވެ؟.

ފޮޓޯ: ސޭމް ޑި ލަ ސޭމް އިންސްޓަގްރާމް ޕޭޖް

ކަނާތް ފަރާތުން ތި ފެންނަނީ މަޝްހޫރު ފިލްމީ ތަރި އެމާ ވޮޓްސަން އެވެ. ވާތްފަރާތުގައި އެހެރީ އިނގިރޭސިވިލާތުގައި ކިޔަވާ ކުއްޖެއް ކަމަށްވާ އެލާ ނޯޓަން އެވެ. އެލާ ބުނި ގޮތުގައި އޭނާ އާއި އެމާ ވޮޓްސަން އާއި ވައްތަރު ކަމަށް މީހުން ބުނާތީ އުފާވާ ކަމަށެވެ. އަދި ވަރަށް ގިނަ މީހުން އޭނާއާއި އެކި ފޮޓޯ ނަގަން ވެސް އަންނަ ކަމަށެވެ.

ފޮޓޯ: ސޭމް ޑި ލަ ސޭމް އިންސްޓަގްރާމް ޕޭޖް

ކޯޕަންހޭގަންގެ ކޮންޓެންޓް ކްރިއޭޓާއެއް ކަމަށްވާ ސޮންޖާ ލޮވްޑަލް (ވ) ބުނި ގޮތުގައި ވަރަށް ގިނަ ފަރަހަށް އޭނާ އަކީ ގޭމް އޮފް ތްރޯންސްގެ ތަރި މެއިސީ ވިލިއަމްސް (ކ) ކަމަށް މީހުން ހީކުރާ ކަމަށެވެ. އަދި މި ޝަރަފު އޭނާ ބޭނުންކުރަނީ "ޕާޓީ ޓޫލް" އެއްގެ ގޮތަށް ކަމަށެވެ.

ފޮޓޯ: ސޭމް ޑި ލަ ސޭމް އިންސްޓަގްރާމް ޕޭޖް

ޖަރުމަނަށް ނިސްބަތްވާ މި މީހާ (ވ) ބުނި ގޮތުގައި އޭނާ މަސައްކަތް ކުރަނީ އެޑް ޝީރަން (ކ)ގެ ޑަބަލްއެއްގެ ގޮތުގައި ކަމަށާއި ގިނަ ފަހަރު ހަމަޖެހިލައިގެން ފިހާރަތަކަށްވެސް ނުދެވޭ ކަމަށެވެ.

ފޮޓޯ: ސޭމް ޑި ލަ ސޭމް އިންސްޓަގްރާމް ޕޭޖް

މިތަނުން އަސްލު ރިހާނާއަކި ކޮބައިކަން ހަގީގަތުގައިވެސް އޮޅިއްޖެ އެވެ. ފޮޓޯގެ ވާތްފަރާތުން އެ ފެންނަ ޕޯޗުގަލްގެ "ރިހާނާ" ބުނި ގޮތުގައި އޭނާ ލޯބިވާ ފަންނާނަކާއި ސިފަ ވައްތަރު ވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ. އަސްލު ރިހާނާ އެހެރީ ފޮޓޯގެ ކަނާތްފަރާތުގަ އެވެ.

ފޮޓޯ: ސޭމް ޑި ލަ ސޭމް އިންސްޓަގްރާމް ޕޭޖް

ޖާމަނީއަށް ނިސްބަތްވާ ސްޓެފަން އެންޓަން (ވ) ބުނި ގޮތުގައި އޭނާ މަޝްހޫރުވެފައި ވަނީ ހައު އައި މެޓް ޔުއާ މަދާގެ ކެރެކްޓާ، ބާނީ ސްޓިންސަންގެ ރޯލު ކުޅުނު ނީލް ޕެޓްރިކް ހެރިސް (ކ) އާއި ވައްތަރުވުމުންނެވެ. އަދި އެ ޝޯގެ ފޭނުން އޭނާ ފެނުމުން "މޮޔަ"ވާ ކަމަށެވެ.

ފޮޓޯ: ސޭމް ޑި ލަ ސޭމް އިންސްޓަގްރާމް ޕޭޖް

ޑެނިއަލް ވޮލޮވޮސެކް (ވ) ބުނި ގޮތުގައި ކިއާނޫ ރީވްސް (ކ)އާއި އޭނާ ވައްތަރު ކަމުން އަބަދުވެސް މަސައްކަތުގައި އުޅޭ ގަޑީގައި މީހުން އޭނާއާއި އެކީ ސެލްފީ ނަގަން ބޭނުންވެ، މަޑުކުރުވާ ކަމަށެވެ. އަދި މި ކަންތައް ބޮޑުވެގެން އޭނާގެ ބޮސް މިހާޜު އޭނާ ބަހައްޓަނީ އަބަދުވެސް އޮފީސްތެރޭގައި ކަމަށެވެ.

ފޮޓޯ: ސޭމް ޑި ލަ ސޭމް އިންސްޓަގްރާމް ޕޭޖް

ޓާކީގައި ދިރިއުޅޭ ޑިލާރާ ޓޮޕްރާކީ (ވ) އާއި މަޝްހޫރު މޮޑެލް ބެލާ ހަޑީޑް (ކ) ވަރަށް ވައްތަރެވެ. ޑިލާރާ ބުނިގޮތުގައި އޭގެ ސަބަބުން އޭނާ އުފާވެ އެވެ.

ފޮޓޯ: ސޭމް ޑި ލަ ސޭމް އިންސްޓަގްރާމް ޕޭޖް

ބަލްގޭރިއާއަށް ނިސްބަތްވާ އެމްއެމްއޭ ފައިޓަރެއް އަދި ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޑެނިއެލް ސްލެޓަކޮވް (ވ) ބުނެފައިވާ ގޮތުގައި އޭނާ މަޝްހޫރު ވެފައިވަނީ ބަލްގޭރިއަން ރޮނާލްޑޯގެ ގޮތުގައި ކަމަށެވެ.އަދި ގިނަ މީހުންނަށް މިހާރު އޭނާގެ އަސްލުނަމެއް ވެސް ނޭނގޭ ކަމަށެވެ. (ވ) އަސްލު ކްރިސްޓިއާނޯ ރޮނާލްޑޯ.

މިފަދަ ކިތަންމެ ފަންނާނެއްގެ "ޑޮޕްލްގޭންގާ" ފޮޓޯ ސޭމް ޑި ލަ ސޭމްގެ އިންސްޓަގްރާމް ޕޭޖްގައި އެބަހުއްޓެވެ. ގޮސް ބަލައިލާށެވެ.