އެމްޑީޕީ މެމްބަރުންނާ ސަޕޯޓަރުންނަށް ފުރައްސާރަ ނުކުރުމަށް ރައްޔިތުންގެ އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝިދު އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމާ ގުޅިގެންނެވެ.
ޑރ. މުއިއްޒުއަށް ލިބުނު ކާމިޔާބީއާއި އެކު އިދިކޮޅި ޕީޕީއެމް ސަޕޯޓަރުން ގެންދަނީ އުފާ ފާޅުކުރަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއްވެސް ފަރާތަކުން އެމްޑީޕީގެ މެމްބަރުންނާ ސަޕޯޓަރުންނަށް ބަދުބަސް ބުނެ ފުރައްސާރަ ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގައި ބެހެއްޓި 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނި 475 ފޮށީގެ ނަތީޖާއިން ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ވަނީ ޔަގީންވެފަ އެވެ.
މިހާތަނަށް އިއުލާންކުރި 475 ފޮށީގެ ތެރެއިން ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު އުޅުއްވަނީ 18،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން ކުރީގަ އެވެ.
އޭ އަންނި ކަލޭ ތި ކާކު އެމްޑީޕީއާ ބެހެން. ކަލޭއާ ހަދައިގެން އެމްޑީޕީއަށް އިންތިހާބު ގެއްލުނީ. ބަރުލަމާނީ ރީތިކޮށް ލިބޭނެ މިފަހަރު