ފެނަކީ ހަށިގަނޑަށް މުހިއްމު އެއްޗެއްކަން އެންމެން ވެސް ގަބޫލުކުރެ އެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މަދުން ފެން ބޯ ނަމަ ކުރިމަތިވާނެ މައްސަލަތައް ވެސް އެންމެން ދަނެ އެވެ.
ނަމަވެސް މާގިނައިން ފެން ބުއިން އެއީ ކޮން ކަހަލަ ކަމެއްތޯ އަދި އެކަމުން ހަށިގަނޑަށް ކުރަނީ ކޮން އަސަރުތަކެއްކަން ދަންނަނީ މަދު ބައެކެވެ. އާއްމު އުސޫލެއްގެ ގޮތުން ފެނަކީ ހަށިގަނޑަށް ރަނގަޅު އެއްޗަކަށް ވީ ނަމަވެސް މާ ގިނައިން ފެން ބޯނަމަ ސިއްހީގޮތުން މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވެ އެވެ.
ކަރުހިއްކުމުގެ އިހްސާސް ނުފިލުން
މާގިނައިން ފެން ބޯނަމަ އަބަދުވެސް ކަރު ހިއްކައިގަނެފައި ހުންނަ ފަދަ އިހުސާސެއް ކުރެވޭނެ އެވެ. ނަތީޖާއަކަށް ވަނީ ކަރުހިއްކައި ނުގަތަސް ފެން ބޮވި ކުޑަކަމުދާ ތަކެތީގެ ކުލަ ހުދުވުމެވެ.
ބޯއެނބުރުމާއި ހޮޑުލެވުން
ފެން ނުބޯނަމަ ހޮޑުލުމާއި ބޯއެނބުރުން ކުރިމަތިވާ ފަދައިން މާ ގިނައިން ފެން ބުއިމުން ވެސް މި މައްސަލަތައް ދިމާވާނެ އެވެ. ގިނައިން ފެން ބުއިމުން ކިޑްނީއަށް ފެން ބޭރުނުކުރެވި ހަށިގަނޑުގައި ފެން ގިނަވެ އެވެ.
އަތްފައި ދުޅަވެ ހަމުގެ ކުލަ ބަދަލުވުންކި
ޑްނީއަށް ހަށިގަނޑުގައި ގިނަވެފައިވާ ފެން ބޭރު ނުކުރެވޭނަމަ އަތްފަޔަށް ފެން ޖަމާވެ ގުނަވަންތައް ދުޅަވާ ގޮތް މެދުވެރިވެ އެވެ. އަދި ހަމުގެ ކުލަ ބަދަލުވެ ހުދުވުމުގެ ފުރުސަތު ބޮޑުވެ އެވެ.