ރައްޔިތުންގެ މަޖިލީހުން ޓިކްޓޮކް ޗެނަލެއް ހަދައިފި އެވެ.
މަޖިލީހުން މިއަދު ވަނީ އެ އިދާރާގެ އޮފިޝަލް ޓިކްޓޮކް ޗެނަލް އިފްތިތާހުކޮށްފަ އެވެ.
މަޖިލީހުގެ މަސައްކަތްތަކާއި މައުލޫމާތުތައް މިއަދުން ފެށިގެން ޓިކްޓޮކް އެކައުންޓު މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.
ޓިކްޓޮކް ޗެނަލް އިފްތިތާހުކުރި ފަހުން މިހާތަނަށް އެ ޗެނަލަށް ލާފައި ވަނީ އެންމެ ވީޑިއޯއެކެވެ. އެއީ މިއަހަރަށް މަޖިލިސް ރަސްމީކޮށް ހުޅުވާ ދުވަހަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯ ކްލިޕެކެވެ.
މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނެއް އިއްވާނެ އެވެ.

އިޒްރޭލުގެ މުވާސަލާތީ މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް
ވަތަނީ ހިދުމަތުގެ 3 ވަނަ ބުރަށް ކުރިމަތިލާން ހުޅުވާލައިފި
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާ ފަސް ލައްކަ ގެއްލުނު!
