ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކާޖޮލްއާއި އަޖޭ ދޭވްގަން ކަައިވެނި ކޮށްގެން އުޅޭތާ 24 އަހަރު ވެއްޖެ އެވެ. އެ ކައިވެންޏަށް ދެކުދިން ވެސް ލިބިފަަިއިވެ އެވެ.

އެހާ ގިނަ ދުވަހު އެކުގައި އުޅުނު ނަމަވެސް އަޖޭ ކައިރިން ދުވަހަކުވެސް ފިލްމީ މަސައްކަތްތަކުގެ ލަފާ ހޯދާފައި ނުވާނެ ކަމަށް ކާޖޮލް ވަނީ ބުނެފަ އެވެ.

ކާޖޮލް ބުނީ ގޭތެރޭގައި ފިލްމުތަކާއި އެދާއިރާގެ ވާހަކަތައް އެއްވެސް ވަރަކަށް ނުދެކެވޭ ކަމަށާއި މަޝްވަރާ ކުރަން އެއަށްވުރެ މާ މުހިއްމު ކަންތައް ހުންނަ ކަމަށެވެ.

"އަޖޭ މާ ގިނައިން ފިލްމެއް ނުވެސް ބަލާނެ. އެއީ އެކަމަކު މާ ބޮޑު ކަމެއް ނޫން. އަހަރެން އޭނާގެ ފަރާތުން ލަފައެއް ނުހޯދަން" ކާޖޮލް ބުންޏެވެ.

އެކަކު އަނެކަކު ކުޅޭ ފިލްމުތަކަށް ފާޑު ކިޔަންތޯ އެހުމުން ކާޖޮލް ބުނީ އެ ދެމީހުންނަށް ވެސް އެމީހުންގެ މަސައްކަތް އެނގޭ ކަމަށާއި އެހެން ކަމުން އެކަމާ ނުބެހޭ ކަމަށެވެ.

ކާޖޮލްއާއި އަޖޭ އެކުގައި ވެސް ގިނަ ފިލްމުތަލަލުން ފެނިފައިވެ އެވެ. އިތުރު ފިލްމެއް އެކުގައި ފެނިދާނެތޯ އެހުމުން ކާޖޮލް ބުނީ އެކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.

ކާޖޮލް މިހާރު އަންނަނީ އޭނާގެ އެންމެ ފުރަތަމަ ވެބް ސީރީޒް "ދަ ޓްރަޔަލް"އަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބު ފާހަގަ ކުރަމުންނެވެ.