ރާއްޖޭގައި ހިންގާ އެކި ޕްރޮޖެކްޓުތަކުން އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫއުތަކުގެ ލިސްޓުގައި އިންޑިއާގެ ކުންފުނިތަކުން ހިންގާ އިތުރު ޕްރޮޖެކްޓުތަކެއް ފިނޭންސް މިނިސްޓްރީން ހިމަނައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވިޔަފާރި މަޝްރޫއުތަކާއި ދާއިރާ ތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދެވެ އެވެ. ރައީސްއަށް ލިބޭ ބާރުގެ ދަށުން މި އަހަރުގެ ފެބްރުއަރީގައި ވެސް 10 ޕްރޮޖެކްޓަކުން ޓެކްސް މާފުކޮށްދީފައިވެ އެވެ.
ޓެކްސް ދައްކަން ނުޖެހޭ ޕްރޮޖެކްޓުތަކުގެ ލިސްޓަށް އިތުރު 10 ޕްރޮޖެކްޓެއް ހިމަނައި ފިނޭންސް މިނިސްޓްރީން ވަނީ އެންމެ ފަހުގެ އަޕްޑޭޓް ލިސްޓެއް މިއަދު ނެރެފަ އެވެ. އެ ލިސްޓުގައި ހިމަނާފައިވަނީ އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކެވެ.
އޭގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާއި އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން ފަހި ދިރުއުޅުން ފްލެޓުތަކުގެ ޕްރޮޖެކްޓުވެސް ހިމެނެ އެވެ.
ޓެކްސް މާފުކޮށްދިން މަޝްރޫއުތަކަކީ:
- ހަ ރަށެއްގެ ފެނާ ނަރުދަމާ ގާއިމުކުރުމަށް ޓްރިވެނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑް އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
 - ހުޅުމާލެ ފޭސް 2 ގައި 2000 ފްލެޓް އެޅުމުގެ ޕްރޮޖެކްޓުގެ ތެރެއިން ޖޭއެމްސީ އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
 - ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް އެސްޓީޔޫޕީ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް (މި ޕްރޮޖެކްޓުގައި ޖޭއެމްސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކުންވެސް ޓެކްސް ދެއްކުން އިސްތިސްނާ ވާކަމަށް ކުރިން ވަނީ ކަނޑައަޅާފަ)
 - އައްޑޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ވެން އޫދް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
 - ފެލިވަރު ތަރައްގީ ކުރުމަށް ރިނަކް އިންޑިއާ ލިމިޓެޑް އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓްހުޅުމާލެ ފޭސް 2 ގައި 2000 ފްލެޓް އެޅުމުގެ ޕްރޮޖެކްޓުގެ ތެރެއިން އެންބީސީސީ އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
 - ހުޅުމާލެ ފޭސް 2 ގައި 2000 ފްލެޓް އެޅުމުގެ ޕްރޮޖެކްޓުގެ ތެރެއިން ރެނާޓަސް އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
 - ހުޅުމާލެ ފޭސް 2 ގައި 2000 ފްލެޓް އެޅުމުގެ ޕްރޮޖެކްޓުގެ ތެރެއިން ވަރިންދެރާ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
 - ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ރެނާޓަސް އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓް
 
މީގެކުރިން ވެސް ވަނީ އިންޑިއާގެ ކުންފުނިތަކަކުން ހިންގާ ޕްރޮޖެކްޓްތަކަކަށް ޓެކްސް ދައްކަން ނުޖެހޭގޮތަށް ހަމަޖައްސާފަ އެވެ. އެއީ ގުޅީފަޅު މަޝްރޫ އާއި އައްޑޫ މަގުހެދުން އަދި ތިލަމާލެ ބްރިޖުގެ މަޝްރޫއު އެވެ.
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
			ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
		
			ނޮވެމްބަރު 3ގެ ޝަރަފުގެ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި
		
								
								
					
					
					
					
					
					
					
					
					
					
					
އިންޑިޔާގެ މޯހަން މޫތާ ކުންފުނިން ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިތަކުގެ ޓެކްސް ކަނޑާނުލާތަ؟! ރާއްޖޭ ބޮޑެތި ކުންފުނިތަކުން ވަނީ އެކުންފުންޏަށް ބޮޑުތަނުން ދަރާފައި.