އިންޑިއާގެ ފަަންނާނުންނަށް ދެވޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ދާދާ ސާހެބް ފަލްކޭ އެވޯޑް" 60ގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ވަހީދާ ރަހްމާން ހޯދައިިފި އެވެ.

މިދިޔަ ހޯމަ ދުވަހު މުމްބާއީގައި ބޭއްވި އިންޑިއާގެ 69 ވަނަ ގައުމީ އެވޯޑްގެ ތެރެއިން ވަހީދާއަށް އެ ޝަރަފު އަރުވާފައިވަނީ މުނިފޫހި ފިލުވައިދިނުމުގެ ދާއިރާއިން އޭނާ ކޮށްދީފައިވާ ހިދުމަތްތައް ފާހަގަ ކުރުމުގެ ގޮތުންނެވެ.

ވަހީދާއާ އެ އެވޯޑް އަރުވަމުން އިންޑިއާގެ ރައީސް ދްރޯޕަޑީ މުރްމޫ ވިދާޅުވީ ވަހީދާއަކީ ބޮލީވުޑަށް އަގުނުކުރެވޭ ފަދަ އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެއް ކަމަށެވެ.

އެގޮތުން އެކި ފިލްމުތަކުގައި ވަހީދާ ކުޅެދީފައިވާ ތަފާތު ރޯލުތައް ރައީސް ފާހަަގަ ކުރެއްވި އެވެ. މުރްމޫ އިތުރަށް ވިދާޅުވީ ވަހީދާ ފެނުނު ކޮންމެ ފިލްމެއްގައި ވެސް މުޅިން ތަފާތު ރަހައެއް ފެނިގެންދިޔަ ކަމަށެވެ.

1960ގެ ތެރޭގައި ބޮލީވުޑުން ވިދާލި ވަހީދާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ގައިޑް، ޚާމޯޝީ އަދި ލަމްހޭ ފަދަ ފިލްމުތައް ހިމެނެ އެވެ.

ވަހީދާއަށް "ދާދާ ސާހެބް ފަލްކޭ އެވޯޑް" ލިބުނުއިރު އޭނާގެ އުމުރަކީ 85 އަހަރެވެ.