މޮސްކޯ (27 ޖެނުއަރީ) ރަޝިއާއިން ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ އެއް މިލިއަން ޑޯޒް ފަލަސްތީނުން ގަތުމަށް ނިންމައިފި އެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ރަޝިއާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ސްޕްޓްނިކް ވީ ވެކްސިން ފަލަސްތީނުގެ ސަރަހައްދުތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދީފަ އެވެ.
ރަޝިއާގެ ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން (އާރްޑީއައިއެފް) ވިދާޅުވިގޮތުގައި އެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އަންނަ މަހު ފަލަސްތީނަށް ލިބޭނެ އެވެ. އަދި ބާކީ ހުރި ޝިޕްމަންޓްތަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާރްޑީއައިއެފް އިން ބުނިގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް މިލިއަނަކަށް ވުރެ ގިނަ މީހުން ސްޕްޓްނިކް ވީ ވެކްސިން މިހާރު ޖަހާފައިވާނެ އެވެ. – އަލްއަރަބިއާ

އަނބިމީހާ މަރާލުމުގެ ތުހުމަތުވާ މާވިން އިސްލާމްވެއްޖެ
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
އެކްސިޑެންޓްގަ ކުއްޖަކު މަރުވުމުން ހައްޔަރުކުރި މީހާ ފޮނުވާލައިފި
