ސްނެޕްޗެޓް ބޭނުންކުރާ ފުރާވަރު އުމުރުގެ ގިނަ އަދަދެއްގެ ބެލެނިވެރިން އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅަމުންދާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެމެރިކާގައި ސްނެޕް ޗެޓްއާ ދެކޮޅަށް ހުށައެޅެމުން އަންނަ މައްސަލަތައް ބޮޑުތަނުން އިތުރުވެފައިވާއިރު އޭގެ ސަބަބެއްގެ ގޮތުގައި ބެލެވެނީ ސްނެޕްޗެޓްގެ ސަބަބުން ކުދިންގެ އުޅުމަށާއި ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކެވެ.
އެގޮތުން ހުށައެޅިފައިވާ ގިނަ މައްސަލަތަކަކީ ކުޑަކުދިން އެ އެޕްލިކޭޝަނަށް އެޑިކްޓްވެ ނަފްސާނީ ސިއްހަތަށް އަސަރު ކުރުމުން އޭގެ ބަދަލު ހޯދަން ހުށައަޅާފައިވާ މައްސަލަތަކެވެ.
ހަމައެއާއެކު ސްނެޕް ޗެޓްގައި އުމުރާ ނުގުޅޭ މަންޒަރުތަކާއި އަޑުތައް ފެނުމުގެ ސަބަބުން ކުދިންގެ މިޒާޖާއި އުޅުމަށް ވެސް ބަދަލު އައިސްފައިވާ ކަމަށް ބުނެ މައްސަލަތައް ހުށައަޅާފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ސްނެޕް ޗެޓުން ބުނީ އެ އެޕްލިކޭޝަން ބޭނުންކުރާ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެކުންފުނިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.
ސްނެޕްޗެޓަކީ ފުރާވަރު ކުދިންނާއި ޒުވާނުންގެ މެދުގައި ބޮޑަށް މަޝްހޫރު ޕްލެޓްފޯމެއް ނަމަވެސް އެ އެޕް ބޭނުންކުރާ ދުވަސްވީ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.

400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
މުސްލިމެއް ނޫން، އެކަމަކު ވެސް ރޯދަ ހިފާތާ 20 އަހަރު!
ވާހަކަ: ނުބުނެވުނު ބަސްތަކުން...