ޔޫ އެސް ބީ ސީ ޕޯޓް ޗާޖިން ފީޗާއާއެކު އެޕަލްގެ އިތުރު އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ. އެގޮތުން މިފަހަރު ބާޒާރަށް ނެރެފައިވަނީ އެކުންފުނީގެ ތާޑް ޖެނެރޭޝަން އެޕަލް ޕެންސިލް އެވެ.

އެޕަލްއިން ސީޕޯޓާއެކު އާ އުފެއްދުމެއް ތައާރަފް ކޮށްފައި މިވަނީ އެ ކުންފުނީގެ އަމިއްލަ ޗާޖިން ލޮޓް ދޫކޮށް ޔޫއެސްބީ ސީ ޕޯޓް ގިނަ އުފެއްދުންތަކެއްގައި ބޭނުން ކުރަން ފެށި ފަހުންނެވެ.

އެޕަލް ޕެންސިލްއަކީ އައިފޯންގައި ނޯޓު ނެގުމާއި އަތުން ކުރެހުން ފަދަ ކަންކަމަށް ހާއްސަކޮށް ޑިޒައިން ކޮށްފައިވާ އުފެއްދުމެކެވެ. މީގެ އިތުރުން ޓަޗްއެއްގެ ގޮތުގައި ވެސް އެޕަލް ޕެންސިލް ބޭނުން ކުރެވޭނެ އެވެ.

ތާޑް ޖެނެރޭޝަން އެޕަލް ޕެންސިލްއެއްގެ އަގު ބާޒާރުގައި އުޅެނީ 79 އެމެރިކާ ޑޮލަރަށެވެ. އެއީ އެ އުފެއްދުމުގެ ކުރީގެ ދެ ވާޝަންއާ އަޅާބަލާއިރު ދަށް އަގެކެވެ.

ސެޕްޓެމްބަރު މަހު އައިފޯން 15 އިފްތިތާހު ކުރަން ބޭއްވި ހަފްލާގައި އެޕަލްއިން ވަނީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ނެރޭ އުފެއްދުންތަކުގައި ބޭނުންކުރާނީ ޔުނިވާސަލް ޔޫއެސްބީ ސީޕޯޓް ކަމަށް އިއުލާން ކޮށްފަ އެވެ.

ބުނެވޭ ގޮތުގައި އަހަރުތަކެއް ވަންދެން އަމިއްލަ ޗާޖިން ލޮޓްއެއް ބޭނުން ކުރުމަށްފަހު އެޕަލްއިން މި ބަދަލު ގެނައީ އީޔޫގެ ފިއްތުންތަކާ ހެދި އެވެ.