ކަޅުދިރިއަކީ އަހަރުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި ވެސް މަރުބަލި ނޫން އެހެން ހުރިހާ ބަލިތަކެއްގެ ފަރުވާއެއްގެ ގޮތުގައި އައިސްފައިވާ އެއްޗެކެވެ. ކަޅުދިރިން ލިބޭ ފައިދާތައް މިއަދުގެ ސައިންސްގެ އަލީގައި ވެސް އަންނަނީ ސާބިތުވަމުންނެވެ. އޭގެ ތެރެއިން ބައެއް ފައިދާތަކަށް ބަލާލާނަމެވެ.
ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ
ދެމަސް ދުވަސް ވަންދެން ގަވާއިދުން ކޮންމެ ދުވަހަކު ކަޅުދިރި ބޭނުން ކުރުމަކީ ހައިޕަޓެންޝަން ނުވަތަ ލޭ މައްޗަށް ދިއުމުގެ ބަލި ހުންނަ މީހުންގެ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދޭ ކަމެއް ކަމަށް ދިރާސާތަކުން ބުނެ އެވެ.
ނޭވާ ހިއްލުން ރަނގަޅުކޮށްދޭ
2010 ވަނަ އަހަރު ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ދުވާލަކު ދެ ސަމުސާ ކަޅުދިރި ބުއިމަށްފަހު އެ ތެލުން ނޭފަތުގެ ސަރަހައްދު މަސާޖު ކޮށްލުމަކީ ނޭވާ ހިއްލުމާއި އެ ނޫންވެސް ނޭވާލާ ނިޒާމުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.
ހަމުގެ ކުލަ އަލިކޮށްދޭ
ކަޅުދިރީގައި އެކުލެވޭ އެންޓި އޮކްސިޑަންޓް މާއްދާތަކުގެ ސަބަބުން އަވިން ހަންގަނޑަށް ލިބޭ ގެއްލުންތައް ކުޑަކޮށްދީ ހަމުގެ ކުލަވެސް އަލިކޮށްދެ އެވެ.
އިސްތަށިގަނޑު ވަރުގަދަކޮށްދޭ
ކަޅުދިރިއާއި ޒައިތޫނި އެއްކޮށް މިކްސްޗަރުން ގިރުމަށްފަހު އިސްތަށިގަނޑުގައި އުނގުޅުމަކީ ބޮލުގެ އިސްތަށި ފޭބުން މަދުކޮށް އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.