ޝާހްރުކް ޚާންއާއި ސަލްމާން ޚާންއަކީ ބޮލީވުޑްގައި މިހާރު އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި ހިމެނޭ ދެ ތަރިންނެވެ. މި ދެތަރިންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ވާދަވެރިކަމެއް އަބަދުވެސް އޮވެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ދެތަރިންގެ މެދުގައި ވާދަވެރި ކުރިމަތިލުމެއް ހިނގާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ އެ ދެތެރިންގެ ފިލްމު ކައިރި ކައިރީގައި ރިލީޒް ކުރުމުން އުފެދޭ ވާދަވެރި ކަމެކެވެ.
ސަލްމާން ޚާންގެ "ޓައިގާ 3" ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ޝާހްރުކް ޚާންގެ "ޑަންކީ" ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
މި ދެ ފިލްމު ރިލީޒްކުރުމާ ދެމެދު ގާތްގަނޑަކަށް މަހެއްހާ ދުވަސް ވާއިރު ޑަންކީ ރިލީޒު ކުރުމުން ޓައިގާ 3ގެ އާމްދަނީ ދަށްވާނެ ކަމަށް ބޮލީވުޑްގެ ކަންތައްތައް ބަލާ މީހުން ބުނެ އެވެ.
ޓައިގާ 3 ރިލީޒްކުރަން ތައްޔާރުވެފައިވާއިރު ޝާހްރުކް ޚާންގެ އުފަންދުވަހުގެ މުނާސަބަތުގައި މިދިޔަ ބުރާސްފަތި ދުވަހު ޑަންކީގެ ފުރަތަމަ ޓްރެއިލާ ނެރެފައިވެ އެވެ.
ފުލުހަކު މަރާލި މައްސަލައިން ސަމާހު ސަލާމަތެއް ނުވި
ބީއެމްއެލް އިން އަޅާ އިތުރު 182 ފްލެޓެއްގެ ބިންގާ އަޅައިފި
10 ރުފިޔާގެ އާ ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަނީ