އާފަލަކީ ފަސޭހަ ކަމާއެކު ބާޒާރުން ލިބެން ހުންނަ މީރު އަދި އަގުވެސް ހެޔޮ މޭވާ އެކެވެ. ރާއްޖޭގައި ފަސޭހައިން ނުހެއްދުނު ނަމަވެސް، އާފަލަކީ އާއްމުކޮށް ހުރިހާ ފިހާރައަކުން ވެސް ލިބެން ހުންނަ މޭވާ އެކެވެ.
އާއްމުކޮށް ކެއުމުގައިވެސް ބޭނުން ކުރާ އެ މޭވާ އަކީ ސިއްހަތަށްވެސް ފައިދާ ހުރި މޭވާ އެކެވެ. އެގޮތުން އާފަލުން ސިއްހަތަށް ލިބޭ ބައެއް ފައިދާ ތަކަށް ބަލާލާނަމެވެ.
ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ
އާފަލަކީ ޕޮޓޭޝިއަމް އެކުލެވޭ މޭވާ އެކެވެ. ޕޮޓޭޝިއަމް އަކީ ހިތުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން އާދަކޮށް ކޮންމެ ދުވަހަކުވެސް އާފަލެއް ކާނަމަ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ އެވެ.
ދަތްތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ
އާފަލު ކެއުމަކީ އަނގައިން ކުޅު އުފައްދާ މިންވަރު އިތުރުކޮށްދޭނެ ކަމެކެވެ. އޭގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ ޖަރާސީމު މަދުކޮށްދީ ދަތްފަނި ކެއުން ނުވަތަ ދަތްތައް ހަލާކުވުމުން ދުރުކޮށްދެ އެވެ.
ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ
އާފަލުގައި ކުއާސެޓިން ކިޔާ އެންޓިއޮކްސިޑެންޓެއް އެކުލެވެ އެވެ. އެއީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓެ ކެވެ.