ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ޓައިގާ 3" މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ނާޅުވަން ނިންމާފައިވާ ކަމަށް ހަަބަރުތައް ބުނެފި އެވެ.
އެގޮތުން އޮމާން، ކުވެއިތު އަދި ގަތަރުން އެ ނިންމުން ނިންމާފައިވަނީ އެ ފިލްމުގައި މުސްލިމުން ބަދުނާމުވާ ފަދަ ކޮންޓެންޓް ހިމަނާފައިވާތީ ކަމަށް އެ ރިޕޯޓުތައް ބުނެ އެވެ.
ބުނެވޭ ގޮތުގައި "ޓައިގާ 3"ގެ ވިލަން އިމްރާން ހަޝްމީގެ ކެރެކްޓަރަކީ މުސްލިމުން ރަމްޒުކޮށްދޭ ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރެކެވެ.
އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި ފިލްމު އެޅުވުން މަނާކޮށްފައި ވަނީ ފިލްމުގައި ހިމެނޭ މަންޒަރަކުންނެވެ. އެ މަންޒަރުގައި ފިލްމުގެ ބަތަލާ ކެޓްރީނާ ކައިފް ތުވާއްޔެއް އޮޅައިގެން ބަޔަކާ ތަޅާފޮޅަ އެވެ.
މި ހަބަރު ރަސްމީކޮށް ޔަގީން ވެފައި ނުވި ނަމަވެސް މިއީ މެދުއިރުމަތިން ބޮލީވުޑްގެ ފިލްމެއް ބޮއިކޮޓްކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މުސްލިމުން ބަދުނާމްކުރާ ކަމަށް ބުނެ މިދިޔަ އަހަރު ނުކުތް އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" ވެސް ބައެއް ގައުމުތަކުގައި އަޅުވާފައެއް ނުވެ އެވެ.
މާދަމާ "ޓައިގާ 3" ރިލީޒް ކުރެވޭއިރު އެޑްވާންސް ބުކިންގެ ގޮތުގައި އެފިލްމަށް މިހާރުވެސް 12 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ.
މުވައްޒަފެއް ޒަހަމް ވުމުން ކްރިސްއަށް ޖޫރިމަނާގެ އަދަބެއް!
ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން ގަދަ 16 އަށް
މިދުވަސްވަރު ގަވައިދުން ސުކޫލަށް ނުދާ 8،000 ކުދިން