ކަސްޓަމަރުންނަށް ފަސޭހައިން ރިފަންޑް ލިބޭނެ ގޮތް ހެދުމަށް މޯލްޑިވިއަނުން ރީފަންޑް ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނީ މި ޕޯޓަލް ތައާރަފް ކުރުމުގެ ބޭނުމަކީ އައިލެންޑް އޭވިއޭޝަންގެ ވެބްސައިޓް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ފަސޭހަ ގޮތެއްގައި ރީފަންޑަށް އެޕްލައި ކުރެވޭ ގޮތަށް ހެދުމެވެ. އަދި އެ ޕޯޓަލް އަށް ވަދެވޭނީ އައިލެންޑް އޭވިއޭޝަންގެ ވެބްސައިޓު ބޭނުންކޮށްގެން ކަމަށް ބުނެ އެވެ.
ޕޯޓަލް މެދުވެރިކޮށް ރިފަންޑަށް އެޕްލައި ކުރުމުގެ އިތުރުން ބޭންކު މެދުވެރިކޮށް ކުރާ މުއާމަލާތްތައްވެސް ފަސޭހަ ކަމާއި އެކު ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. މި ޕޯޓަލުން ރިފަންޑަށް އެޕްލައި ކުރުމުން އެ ރިކުއެސްޓް އޮތް ހިސާބެއް ވެސް ބަލާލުމުގެ ފުރުސަތު އޮންނާނެ އެވެ.
އޭގެ އިތުރުން ރީފަންޑާ ގުޅޭ އިތުރު މައުލޫމާތު އީމެއިލް އާއި މޮބައިލް ފޯނަށް މެސެޖެއްގެ ގޮތުގައި ލިބޭނެ އެވެ. އަދި މި ޕޯޓަލްގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ.
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ