މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލަށް އިންޑިއާ ދަތުރުކުރުމާއެކު ބޮލީވުޑްގެ ތަރިން އަންނަނީ އެގައުމުގެ ގައުމީ ޓީމަށް މަރުހަބާ ކިޔަމުންނެވެ.
އެގޮތުން މި ބީދައިން ޓްވިޓާގައި ޕޯސްޓްކުރި އެއް ތަރިއަކީ މަގުބޫލު ތަރި އަމީތާބް ބައްޗަން އެވެ. އަމީތާބު ވަނީ ޓީމަށް މަރުހަބާ ކިޔައި އޭނާ މެޗު ނުބަލައިފިނަމަ އަބަދުވެސް މޮޅުވާ ކަމަށް ބުނެފަ އެވެ.
އެއާއެކު އިންޑިއާގެ ކްރިކެޓް ސަޕޯޓަރުން އަންނަނީ އަމީތާބުގެ އެ ކޮމެންޓްގެ މާނަ މަޖާ ގޮތަކަށް ނަގައި ކުރިއަށް އޮތް ފައިނަލް މެޗު ނުބެލުމަށް އެދެމުންނެވެ.
އިންޑިއާ ފައިނަލް މެޗުން މޮޅުވާނީ އަމީތާބު އެ މެޗު ނުބަލާނަމަ ކަމަށް ދޭހަވާ ގޮތަށް ގިނަ ބަޔަކު އަންނަނީ އެކްސްގައި ޝުއޫރު ފާޅު ކުރަމުންނެވެ.
ނިއުޒިލޭންޑާއި ވާދަކޮށް އިންޑިއާ މޮޅުވި ސެމީ ފައިނަލް މެޗު އޮތީ މިދިޔަ ބުދަ ދުވަހު އެވެ. އެ މެޗު ބަލަން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނޑަށް ގޮސް ތިއްބެވެ.
ކްރިކެޓް ވޯލްޑް ކަޕްގެ ފައިނަލް އޮންނާނީ މިމަހުގެ 19 ވާ އާދީއްތަ ދުވަހު އިންޑިއާގެ ވަންކެޑޭ ސްޓޭޑިއަމްގަ އެވެ. ބައްދަލުކުރާނީ އިންޑިއާއާއި އޮސްޓްރޭލިއާ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 15 ޒުވާނުން ނިންމައިފި
ސަލްމާންގެ "ތޭރޭ ނާމް" އަލުން ސިނަމާތަކަށް!
މީޑިއާ ކޮންޓްރޯލް ގާނޫނުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ