ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމު "ޓައިގާ 3"އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީއާއެކު އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފި އެވެ.
ސަލްމާން ބުނީ އޭނާގެ އެންމެ ފަހުގެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ޝުކުރުވެރިވާ ކަމަށާއި އެ ފިލްމުގެ ހިއްސާއަކަށް ވެވުނީތީ އުފާކުރާ ކަމަށެވެ.
"ޓައިގާ 3އަށް މިހާ ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ޝުކުރުވެރިވަން. އަދި ކުރިއަށް އޮތް ތަނުގައި ވެސް މި ފިލްމުން ބެލުންތެރިންގެ މުނިފޫހި ފިލުވައިދޭނެ ކަމަށް އުއްމީދު ކުރަން" ސަލްމާން ބުންޏެވެ.
ޓައިގާ 3 ރިލީޒްކުރިތާ ހަތަރު ދުވަސް ވެފައިވާއިރު އެ ފިލްމަށް މިހާތަނަށް ބޮކްސްއޮފީހުގައި 200 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
"ޓައިގާ 3"ގައި ސަލްމާން ޚާންގެ އިތުރުން ދެން ފެނިގެންދަނީ ކެޓްރީނާ ކައިފް އެވެ. މިދެތަރިންނަކީ އާއްމުންނަށް ވަރަށް ކަމުދާ ޖޯޑެކެވެ.
އދ އަށް ހުށަހެޅި ކަނޑުއޮޅީގެ ގަރާރު ރާއްޖެއިން ކޯސްޕޮންސާކޮށްފި
ޑައިވިން ޓީމު ނިމިގެން ފޭބިއިރު، މަހުދީ އޮތީ ހޭނެތިފައި
ކެއުމުން އުފާ ލިބިގަތުމަކީ ބަރުދަން ލުއިވުމުގެ ސިއްރު!