ހިތުގެ ބަލިތަކަކީ މި ކުޑަ މުޖުތަމައުގައިވެސް ކަންބޮޑުވާ މިންވަރަށް ގިނަވެފައިވާ ސިއްހީ މައްސަލަ އެކެވެ. ގިނަ ފަހަރު ހިތުގެ ބަލީގެ އަލާމާތްތައް ފެނުނު ނަމަވެސް އެކަންކަމަށް ފަރުވާކުޑަ ކޮށްލެވޭ ފަހަރުވެސް މަދެއް ނޫނެވެ.އެހެންނަމަވެސް ހީއެއްގެ މައްޗަށް އެފަދަ އަލާމާތްތަަކަށް ފަރުވާ ކުޑަނުކޮށް ވީހާވެސް އަވަހަށް ފިޔަވަޅު އެޅިއްޖެނަމަ ތިމާގެ ފުރާނަ ސަލާމަތްކުރެވި ދާނެއެވެ.

އެގޮތުން މިއިން ކަމެއް ދިމާވާނަަމަ ހިތުގެ މައްސަލައެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

މޭގައި ރިހުން

މިއީ ހިތުގެ މައްސަލައެއް ހުންނަނަމަ އެންމެ އާންމުކޮށް ފެންނާނެ އަލާމާތެކެވެ. ނާރެއް ބެދުމުން ނުވަތަ ހާޓް އެޓޭކެއް ޖެހެން އުޅޭނަމަ މިގޮތަށް މޭގައި ރިހުން އެކަށީގެންވެ އެވެ. ރިހުން ނުފިލާ ގިނައިރު ހުންނަނަމަ ނުވަތަ އާންމުކޮށް މެއަށް އުނދަގޫވެފައި ހުންނަނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ. މިގޮތަށްވާނަމަ އަވަހަށް ވަރުބަލިވެ ކުރިން އެއްވެސް އުނދަގުލެއްނެތި ކުރާ މަސައްކަތްތައް ނުވަތަ ކުޅޭ ކުޅިވަރުތަކުގައި އުޅޭއިރު މިހާ ނޭވާ ކުރުވެ އެވެ.

ހަށިގަނޑުގެ އެހެން ހިސާބުތަކަށް އުނދަގޫވުން

މެއަށް އުނދަގޫވުމުގެ އިތުރުން އަތް، މޫނުގެ ކޯ ނުވަތަ ދަތްދޮޅި، ކަރު އަދި ބުރަކައްޓަށް ތަދުވެގެ އައްސިވެ ކުއްލި ކުއްލިއަށް ތަދުވާނަމަ ހިތުގެ މައްސަލައަކަށްވުން އެކަށީގެންވެ އެވެ. ގިނަ ފަހަރު ފުރަތަމަ ތަދު އަރަނީ މެއަށެވެ. އެއަށްފަހު ހަށިގަނޑުގެ އެކި ހިސާބުތަކަށް ތަދު ފެތުރިގެންދެ އެވެ.

ގުގުރިދެމުން

ގުގުރިދެމުމަކީ ވެސް ހިތުގެ މައްސަލަ ހުންނަ ކަމުގެ އަލާމާތެކެވެ. ބާރަށް ގުގުރިދެމޭނަމަ ކޮށިއެރުންފަދަ ކަމެއް ދިމާވުން އެކަށީގެންވެ އެވެ. އަދި ގުގުރު ދަމާނަމަ މިއީ ސްލީޕް އެޕްނީއާގެވެސް އަލާމާތެވެ. ސްލީމް އެޕްނިއާގެ ސަބަބުން ނިދާފައި އޮންނަ ވަގުތު ނޭވާ ހުއްޓެން މެދުވެރިވެ އެވެ. އެކަމުގެ ސަބަބުން ނިދާފައި އޮންނަ ވަގުތުވެސް ހިތަށް އަރާމެއް ނުލިބި އިތުރަށް ހިތުގެ ބަލިތަކަށް މަގުފަހިކުރުވަ އެވެ.