ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކާއި ތިން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ކާރަކާއި ތިން ސައިކަލް ޖެހިގެން އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެކްސިޑެންޓު ހިނގި ތަނުގައި ތިން މީހަކު ހަރަކާތެއް ނެތި ބިންމަތީގައި ތިބިތަން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެނެ އެވެ.
އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ދެ ސައިކަލްގައި ތިބި ހަތަރު މީހުންނަށް ކަމަށެވެ. އެއީ ދެ އަންހެނުންނާއި ދެ ފިރިހެނުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެތަނުން އަންހެނަކާއި ފިރިހެނެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހާވާލާދީ ފުލުހުން ބުންޏެވެ.
މުޒާހަރާ އިން ބައެއް މީހުން ހައްޔަރުކޮށްފި
18 ކޭސް ދުންފަތާއި 75 ސިނގިރޭޓު ކާޓޫން އަތުލައިގެންފި
ހިތުގެ ދުޅަހެޔޮ ކަމަށް ހެނދުނުގެ 5 އާދައެއް!
