ކިޔެވުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީއިން އަންގަވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ބުނެފައިވަނީ ކިޔެވުމާއި ކިޔަވައިދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ގައުމީ މަންހަޖުގައި އެ ދުވަހެއްގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަކޮށް ކިޔަވައިދިނުމަށް ކަމަށެވެ. ނަމަވެސް ސްކޫލުގެ ރަސްމީ ދަންފަޅީގެ ތެރެއަށް ވަންނަ ގޮތަށް ބައެއް ހަރަކާތްތައް ބާއްވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން މުގައްރަރުގައި ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް ކިޔަވައިނުދެވޭކަން ފާހަގަކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެހެންކަމުން ގާބިލިއްޔަތުތަކާއި އަގުތަކާއި ސިފަތައް އުނގަންނައިދިނުން ތަރުތީބުވެގެން ނުދިއުމާާއި މުގައްރަރު ފުރިހަމަ ކުރުމަށާއި މަގުސަދު ހާސިލުކޮށްދިނުމަށް ޓާމުގެ ފަހުކޮޅު އިތުރު ގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެންދަންޖެހުމާއި އެއްފަހަރާ ފިލާވަޅުތައް ދޭންޖެހޭކަން ވެސް ސާކިއުލާގައި ފާހަގަކުރައްވާފައިވެ އެވެ.
މިއީ އުނގެނުމާއި އުނގަންނައިދިނުން ކުރިއަށްގެންދަން އެކަށީގެންވާ ގޮތެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވެފައިވަނީ މިކަމުގެ ސބަބުން ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނަށް ވެސް ދަތިތަކާއި ކުރިމަތިވެ ގައުމީ މަންހަޖުގައި ބަޔާންކުރާ މަގުސަދުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރަން ހުރަސްއެޅޭ ކަމަށެވެ.
އެހެންކަމުން ދަރިވަރުންގެ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ސްކޫލުތަކުގެ އިތުރު ހަރަކާތްތައް ތަރުތީބުކުރުމަށް މިނިސްޓަރު ވަނީ އަންގަވާފަ އެވެ.
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!