ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައި ވަނިކޮށް ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް މާދަމާ ރޭ ބާއްވަން ތާވަލްކޮށްފި އެވެ.

ޕީޕީއެމްގެ ސެނެޓް ބައްދަލުވުން ބާއްވަން ނިންމާފައިވާކަން އެ ޕާޓީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މާދަމާ ރޭ ސެނެޓް ބައްދަލުވުމުގެ އެޖެންޑާގައި ވަނީ ކޮންކަމެއް ކަމެއް އަދި ނޭނގެ އެވެ.

ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވީ އެ ޕާޓީގެ ނިންމުންތައް ނިންމާއިރު، އެމަނިކުފާނުގެ މަޝްވަރާ ހޯދަމުން ނުދާތީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ޔާމީންގެ ފޯންކޯލްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ނުދެއްވާ ކަމަށެވެ.