ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރަކީ ފެށުނީއްސުރެ މާޝަލް އާޓްސްއަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓާ އެކަންކަމުގައި ކޮންމެވެސް ވަރަކަށް ބައިވެރި ވެސްވާ ފަންނާނެކެވެ.
އެގޮތުން ދާދި ފަހުން އިންޑިއާގެ ސޫރަތުގައި ބޭއްވި 15 ވަނަ އިންޓަނޭޝަނަލް ކޫޑޯ ޓޯނަމަންޓްއާ ބެހޭ ގޮތުން އޭނާ ވަނީ ވާހަކަ ދައްކާފަ އެވެ.
އަކްޝޭ ކުމާރުގެ އިސް ނެގުމުގެ މަތިން ސޫރަތުގައި ބޭއްވި އެ މުބާރާތަކީ ޖަޕާނުގެ ކުޅިވަރެއް ކަމަށްވާ މާޝަލް އާޓްސް އިންޑިއާގައި ކުރިއެރުވުމަށް ބޭއްވި މުބާރާތެކެވެ.
މުބާރާތަށްފަހު ވާހަކަ ދައްކަމުން އަކްޝޭ ބުނީ ފައިސާއާމެދު ކަންބޮޑުނުވެ އިންޑިއާގެ ކުޑަކުދިންނަށް ބައިނަލްއަގުވާމީ ފެންވަރުގައި މާޝަލް އާޓްސް ކުރިއަށް ގެންދެވޭނެ ޕްލެޓްފޯމެއް ހަދައިދޭން ބޭނުންވާ ކަމަށެވެ.
މި މުބާރާތުގެ އިތުރުން އަކްޝޭ އަންނަނީ އޭނާގެ އަމިއްލަ މާޝަލް އާޓްސް ސްކޫލެއް ހިންގަމުންނެވެ.
ހައްޖު ކިއު އާންމު ނުކުރާތީ ކޯޕަރޭޝަންގެ ވެރިން މަޖިލީހަށް
ބިން އަތުލެވޭ އިސްލާހާ ދެކޮޅަށް ދެހާހަށްވުރެ ގިނަ މީހުންގެ ސޮއި
އުނގޫފާރު ބަޔަކު ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި