އަހަރުތަކަކަށްފަހު ބޮލީވުޑްގެ ދެ ސުޕަސްޓާރުން އެކުގައި ފެނުމަށް ހަމަޖެހިފައިވާ "ޓައިގާ ވާސަސް ޕަތާން"ގެ މަސައްކަތް ފެށުން ލަސްވެއްޖެ އެވެ.
ޔަޝް ރާޖް ފިލްމްސްގެ ދެ ސްޕައި ޔުނިވާސް ކަމަށްވާ "ޓައިގާ" އަދި "ޕަތާން"ގެ މައި ކެރެކްޓަރުންގެ މައްޗަށް ބިނާކޮށް އުފައްދާ އެ ފިލްމަކީ މިފަހަކަށް އައިސް ނެރޭ އެފަދަ ފުރަތަމަ ފިލްމެވެ.
ހަބަރުތައް ބުނާ ގޮތުންނަމަ ޓައިގާ ވާސަސް ޕަތާންގެ މަސައްކަތް ލަސް ކުރެވުނީ އެ ފިލްމުގެ ސްކްރިޕްޓަށް އިތުރު ބަދަލުތައް ގެންނަން އަދިތުޔާ ޗޯޕްރާ ބޭނުންވާތީ އެވެ.
އެހެން ކަމުން 2024 ވަނަ އަހަރުގެ މާޗު މަހު މަސައްކަތް ފަށަން ހަމަޖެހިފައި އޮތް އެ ފިލްމުގެ މަސައްކަތް ދެން ފެށޭނީ 2025 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އަދި ފިލްމު ނެރޭނީ 2026ގައި ކަމަށް ބެލެވެ އެވެ.
ޝާހްރުކް ޚާންއާއި ޕަތާން ވަނީ ދާދި ފަހުން އެކަކު އަނެކަކުގެ ފިލްމުތައް ކަމަށްވާ "ޕަތާން"އާއި "ޓައިގާ 3"ގައި ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފަ އެވެ.
ސްކޮލާޝިޕްގައި ރާއްޖޭގައި ކިޔަވާނަމަ 6،000ރ ގެ އެލަވަންސެއް
12 ޓަނުގެ ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގައިފި
ބަންގްލަދޭޝްގެ އޮފީސްތަކުގައި ކަރަންޓް ހަރަދުކުޑަ ކުރަނީ