ފޭސް މާސްކްތަކަކީ މޫނުގެ ހަންގަނޑު ރީތިކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. އެކި ބާވަތްތައް ބޭނުންކޮށްގެން ހަދާ މާސްކުތައް ހުންނައިރު، މިފަދަ މާސްކްތައް ގޭގައި ބޭނުން ކުރާއިރު ހެދޭ ބައެއް ގޯސްތައް ހުރެ އެވެ.
ހަންގަނޑާ ނުގުޅޭ މާސްކް ހެދުން
ކޮންމެ މީހެއްގެ ހަންގަނޑަކީ ވެސް ތަފާތު ހަންގަނޑެކެވެ. އެކި މީހުންގެ ހަމާ ގުޅޭނީ އެކި މާސްކްތަކެވެ. ހަންގަނޑާ ނުގުޅޭ ފޭސް މާސްކްއެއް ބޭނުންކުރެވިއްޖެ ނަމަ އެލާޖިކް ރިއެކްޝަންއެއްވެ، ހަމަށް ގެއްލުން ވެދާނެ އެވެ.
ފޭސް މާސްކް ބޭނުންކުރުމުގެ ކުރިން މޫނު ނުދޮވުން
ފޭސް މާސްކްއެއް ބޭނުންކުރުމުގެ ކުރިން މޫނު ރަނގަޅަށް ދޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފޭސް މާސްކް އެޅުމުގެ ކުރިން ރަނގަޅު ޕްރޮޑަކްޓެއް ބޭނުންކޮށްގެން މޫނު ދޮވެލަން ޖެހޭނެ އެވެ. ހަމަ އެގޮތަށް އަތް ވެސް ދޮވެލުން މުހިއްމެވެ.
މާ ގިނައިން ބޭނުން ކުރުން
ބޯކޮށް ފޭސް މާސްކް އެޅުމަކީ އޭގެ ނަތީޖާ ވަކި އަަވަހަށް ފެންނާނެ ކަމެއް ނޫނެވެ. މޫނުގެ ހުރިހާ ހިސާބެއްގައި ވަރަށް ތުނިކޮށް ފޭސް މާސްކް އެޅުމުން ރަނގަޅު ވާނެ އެވެ.