Alia Bhatt's Post For Ranbir

ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރުގެ ދަރިފުޅު ރަހާ ކަޕޫރުގެ ފުރަތަމަ ފިޔަވަޅު އަޅައިފި އެވެ.

Adv by Coca Cola
Coca Cola
Adv by Dhiraagu
Dhiraagu

އާލިއާ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންގެ ދަރިފުޅު ރަހާ ކަޕޫރުގެ ފުރަތަމަ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. މިއީ ވަރަށް އުފާވެރި ވަގުތު ކޮޅެއް ކަމަށްވެސް އާލިއާ ބުންޏެވެ.

ރަހާގެ ފުރަތަމަ ފިޔަވަޅު އަޅާފައިވާއިރު ރަންބީރުގެ އެންމެ ފަހުން ރިލީޒްކުރި "އެނިމަލް" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބިގެން ގޮސްފަ އެވެ. އަދި ގިނަ ބަޔަކު އެފިލްމަށް ތައުރީފުވެސް އަންނަނީ ކުރަމުންނެވެ.

ރަހާ އަށް މިދޔަ މަހު އެއް އަހަރު ފުރިގެން ގޮސްފައިވާއިރު އާލިއާ އާއި ރަންބީރު ދެ ވަނަ ކުއްޖަކު ހޯދުމަށް އަންނަނީ ވިސްނަމުންނެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރަންބީރު ކަޕޫރު ބުނެފައިވަނީ ދަރިއަކު ލިބުމުން ވަަރަށް އުފާވިކަމަށާއި، އެފަަދަ އުފަލެއް ދުވަހަކުވެސް އެނާއަށް މީގެ ކުރިން ނުލިބޭކަމަށެވެ.

އަދި ދަރިފުޅަށް އެއް އަހަރު ވީ އިރު ދުވަސްތައް ދިޔަ ގޮތް ވެސް ނޭނގޭ ކަމަށް ބުންޏެވެ. އާލިއާ ވަނީ ރަހާ އަކީ އެދެމަފިރިންނަށް ލިބުނު ބޮޑު ނިޢުމަތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.