ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އިތުރު ނުވަ ބޭފުޅަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ވަނީ، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވި މި ނުވަ ބޭފުޅުންގެ ތަފުސީލް ހާމަކޮށްފަ އެވެ.

މިގޮތުން އައްޔަނުކުރެއްވި ބޭފުޅުންނަކީ:

  1. މިނިސްޓަރު އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް- އަލީ ޖަނާހް، ހއ. ބާރައް، ސައުދީ މަންޒިލް
  2. މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ނައިބުގެ މަގާމަށް- މުޙައްމަދު ޢާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ
  3. މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް- މަރްޔަމް ޝިފާނާ އަލީ ސަލީމް، ހ. މެލްބަން
  4. މިނިސްޓަރު އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް- ހަސަން މިރާސް، މއ. މާފުނަ
  5. މިނިސްޓަރު އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމަށް- އާމިނަތު މުނާ، ލަކީސްޓާ، ދ. ބަނޑިދޫ
  6. މިނިސްޓަރު އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް- އަހްމަދު މާއިސް - ވެލާނާގެ، ނ. ވެލިދޫ
  7. މިނިސްޓަރު އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް- އިބްރާހީމް އަލީމް - ރޯޅި، ގއ. ކޮލަމާފުށި
  8. މިނިސްޓަރު އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ނައިބުގެ މަގާމަށް- ފާތިމަތު ޒުހުރާ، ވ. ފައުނު
  9. މިނިސްޓަރު އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަގާމަށް - އަބްދުﷲ މަހްޒޫމް މާޖިދު، ބަގީޗާގެ، ނ. ކުޑަފަރި

ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.

މީގެ ކުރިންވެސް ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބޭފުޅުން ވަނީ އައްޔަން ކޮށްފަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ގޮތުން ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ތިބީ 59 ބޭފުޅުނެވެ. އަދި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގައި ހަތް ބޭފުޅުން ތިބެ އެވެ.